ރާއްޖޭގެ އެކި ކަންކޮޅު ތަކުގައި ޕެޓް ގެންގުޅުއްވާ ފަރާތްތަކަށް މިއީ އުފާވެރި ހަބަރަކަށް ވެގެންދާނެއެވެ.
ގޭގައި ޕެޓް ގެ ގޮތުގައި ގެންގުޅޭ ޖަނަވާރުތަކަށް ބޭނުންވާ ކާނާ އާއި ކުޅޭ އެއްޗެތި، ބޭސް އަދި ސާފުކުރުމަށް ބޭނުންވާ ކޮލިޓީ ސާމާނު ވިއްކާ "ޕެޓްސް އެންޑް ސްޓަފް" މޫލީ އޮންލައިން މާކެޓާ ގުޅިއްޖެއެވެ. "ޕެޓްސް އެންޑް ސްޓަފް" މިހާރު މޫލީއިން ލިބެން ހުރުމުން، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޕެޓް ގެންގުޅުއްވާ ފަރާތްތަކަށް ޕެޓަށް ބޭނުންވާ ތަފާތު ޕްރޮޑަކްޓްތައް މޫލީ މެދުވެރިކޮށް އޮންލައިންކޮށް އޯޑަރކޮށްލުމުން އެ ތަކެތި މުޅިން ހިލޭ ޑެލިވަރ ކޮށްދޭނެއެވެ.
"ޕެޓްސް އެންޑް ސްޓަފް" ގެ މައިގަނޑު މަގުސަދަކީ ޕެޓް ގެ ގޮތުގައި ގޭގައި ޖަނަވާރު ގެންގުޅުއްވާ ފަރާތްތަކަށް، ދުޅަހެޔޮކޮށް އެ އެއްޗިއްސް ގެންގުޅުމަށް ބޭނުންވާ ސާމާނު ހެޔޮ އަގުގައި ފޯރުކޮށްދިނުމެވެ. ޕެޓްސް އެންޑް ސްޓަފް އިން ފޯރުކޮށްދޭ ނިއުޓްރިޝަނަލް ޕެޓް ފުޑް އާއި ކުޅޭ ތަކެތިން ފެށިގެން ބެޑިން އަދި ސާފުކުރުމަށް ބޭނުންވާ ތަކެތި، މިހާރު މޫލީ މެދުވެރިކޮށް ބައްލަވައިގަނެވޭނެއެވެ.
މޫލީގެ "ޕެޓްސް އެންޑް ސްޓަފް" އިން ލިބެން ހުރި އަގުހެޔޮ ބައެއް އުފެއްދުންތައް:
- ނިއުޓްރިޝަނަލް ޕެޓް ފުޑް: ދުޅަހެޔޮ ސިއްހަތެއްގައި ޕެޓް ގެންގުޅުމަށް ހަކަތަ ލިބޭ ރަނގަޅު ކާނާގެ އެކި ބާވަތްތައް
- މުނިފޫހިފިލުވުމަށް ކުޅޭ ތަކެތި: ޒަމްޕާ މަޓަޓަބީ ވޭލް، ޒަމްޕާ މިސްޓަ މަޓާޓަބީ ޓޯއީ، ޒަމްޕާ މިނީ ފިޝް ފަދަ ޕެޓަށް ބޭނުންވާ ކުޅޭތަކެތި
- އަރާމު ނިންޖެއް ހޯދާ ދިނުމަށް ޕެޓަށް ހާއްސަ އެނދު: ދުޅަހެޔޮކަން ދެމެހެއްޓުމަށް އާރަމް ކުރުމާއި ހަމަ ނިންޖަކީ އިންސާނުނަނަށް ބޭނުންވާ އެއްޗެއް ފަދައިން ގޭގައި ގެންގުޅޭ ޖަނަވާރަށްވެސް މުހިންމު ކަމެކެވެ. ޕެޓްސް އެންޑް ސްޓަފް އިން ވިއްވާ ޕެޓަށް ހާއްސަ ކޮށް ތައްޔާރު ކޮށްފައިވާ އެނދުވެސް މޫލީ މެދުވެރިކޮށް މިހާރު ބައްލަވައިގަނެވޭނެއެވެ.
- ގްރޫމިން އެސެންޝަލްސް: ޕެޓް ގްރޫމިން އަކީ ވެސް ގެންގުޅޭ ޖަނަވާރަށް ހިތްހަމަ ޖެހުމާއި އުފާވެރިކަން ގެނުވައިދޭ ކަމެކެމެ. އެގޮތުން ޖަވާރު ގެންގުޅޭ ތަނާއި އެ ޖަނަވާރުގެ ސާފުތާހިރުކަން ދެމެހެއތުމަށް ބޭނުންވާ ތަކެތި ވެސް މިހާރު މޫލީ މެދުވެރިކޮށް ގަނެ ކޮންމެ ތާކަށްވެސް ޑެލިވަރ ކޮށްލެވޭނެއެވެ.
ޕެޓް ގެ ގޮތުގައި ގޭގައި ގެންގުޅޭ ޖަނަވާރަކީ މިހާރު ގިނަ މީހުން ދެކޭގޮތުގައި އާއިލާގެ ވަރަށް ލޯބިވާ މެމްބަރެކެވެ. އެހެންކަމުން އާއިލާގެ މެމްބަރުންނަށް ދޭ ލޯތް ބާ އަޅާލުން އަދި އެ އެއްޗިހީގެ އަސާސީ ބޭނުންތައް ފުއްދާދިނުމަކީ މުހިންމުކަމެކެވެ. "ޕެޓްސް އެންޑް ސްޓަފް" އަކީ މި ބޭނުންތަކަށް ބޭނުންވާ ސާމާނު ޕެޓް ގެންގުޅުއްވާ ފަރާތްތަކަށް ފަސޭހަކަމާއެކު ހެޔޮ އަގުގައި ފޯރުކޮށްދިނުމަށް މަސައްކަތް ކުރާ ކުންފުންޏެއްގެ ހައިސިއްޔަތުން މޫލީ އާއި ގުޅިގެން މިހާރު މި ހިދުމަތް ރާއްޖޭގެ ހުރިހާ ކަންކޮޅުތަކަށް ވަނީ ފުޅާކޮށްފައެވެ.
މޫލީ މެދުވެރިކޮށް ޕެޓްސް އެންޑް ސްޓަފް ގެ ޕްރޮޑްކްޓްތައް ބައްލަވާގަތުމަށް https://mool.ee/petsnstuff ޒިޔާރަތް ކުރާށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް