ކުޅުދުއްފުށިން ޒުވާނަކު ގެއްލިގެން ހޯދަނީ

ހއ. ކުޅުދުއްފުށިން ޒުވާނަކު ގެއްލިގެން ހޯދަން ފަށައިފިއެވެ. ފުލުހުން ބުނެފައިވާގޮތުގައި ގެއްލިގެން ހޯދަމުން އަންނަނީ އެ ރަށު ލަންދޫގެ، އުމުރުން 39 އަހަރުގެ އިބްރާހިމެވެ. އޭނާ އެންމެ ފަހުން ފެނިފައިވަނ...

04 Nov 2023 | 08:44

ހއ. ކުޅުދުއްފުށިން ޒުވާނަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.

ފުލުހުން ބުނެފައިވާގޮތުގައި ގެއްލިގެން ހޯދަމުން އަންނަނީ އެ ރަށު ލަންދޫގެ، އުމުރުން 39 އަހަރުގެ އިބްރާހިމެވެ.

އޭނާ އެންމެ ފަހުން ފެނިފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު ހެނދުނު ކަމުގައި އާއިލާއިން މައުލޫމާތު ދީފައިވާކަމަށް ފުލުހުން ބުނެފައިވެއެވެ.

އިބްރާހިމްގެ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ހޮޓްލައިން 3322111 އަށް ނުވަތަ ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަންގެ ނަމްބަރު 9791382 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް ފުލުހުން އެދެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް