ރައްޔިތުންގެ މަޖިލީހުގައި ހއ. ބާރަށު ދާއިރާއަށް އަލުން ކުރިމަތިލެއްވުމަށް ނިންމަވައި އިބްރާހިމް ޝުޖާއު އެކަން އިއުލާނުކުރައްވައިފިއެވެ.
މިވަގުތު މާލޭ ސިޓީ ކައުންސިލްގައި ހުޅުމާލެ ދާއިރާ ތަމްސީލު ކުރައްވަމުންގެންދަވާ ޝުޖާއުގެ އުފަން ރަށަކީ ހއ. ބާރަށެވެ. އެ ދާއިރާގެ މެންބަރުކަން ޝުޖާއު މީގެ ކުރިންވެސް ކުރައްވާފައިވެއެވެ.
ބާރަށު ދާއިރާގައި ހިމެނެނީ ބާރަށް، މުރައިދޫ، އުތީމު އަދި ތަކަންދޫއެވެ. ޝުޖާއު އެ ދާއިރާގެ މެންބަރުކަން ކުރެއްވީ 18 ވަނަ ރައްޔިތުންގެ މަޖިލީހުގައެވެ.
20 ވަނަ ރައްޔިތުންގެ މަޖިލީހުގައި އެ ދާއިރާއަށް ކުރިމަތިލައްވާކަން އިއުލާނުކުރައްވަމުން ޝުޖާއު ވިދާޅުވެފައިވަނީ ދާއިރާގެ ލޮބުވެތި ރައްޔިތުންގެ ތާއީދާއި އެއްބާރުލުން ދެއްވުމަށް އެދިލައްވާކަމަށެވެ.
ޝުޖާއު އަކީ ޕީޕީއެމް/ޕީއެންސީ ކޯލީޝަންގައި އިސް ދައުރެއް އަދާކުރައްވަމުން ގެންދަވާ މެންބަރެކެވެ. ނިމެން މިދާ ފަސް އަހަރު މަގުމަތީ ހަރަކާތްތަކާއި ލީޑަޝިޕްގެ ހަރަކާތްތަކުގައި މެދުކެނޑުމެއްނެތި އިސް ދައުރެއް އަދާކުރެއްވި މަންޒަރު ފެނިގެންގޮސްފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް