ވޯލްޑް ކަޕް 2022 ޓީމް ޕްރޮފައިލް: އެމެރިކާ (ގުރޫޕް ބީ)

ބައްރު: ކޮންކާކަފް ފީފާ ރޭންކިން: 16 މިހާތަނަށް ވޯލްޑް ކަޕްގައި ކުޅުނު އަދަދު: 10 ފުރަތަމަ ވޯލްޑް ކަޕް ކުޅުނީ: 1930 އެންމެ ފަހުން ވޯލްޑް ކަޕް ކުޅުނީ: 2014 ވޯލްޑް ކަޕްގެ އެންމެ ރަނގަޅު ނަތީޖާ: ގަދަ 16 ...

04 Nov 2022 | 17:48

ބައްރު: ކޮންކާކަފް

ފީފާ ރޭންކިން: 16

މިހާތަނަށް ވޯލްޑް ކަޕްގައި ކުޅުނު އަދަދު: 10

ފުރަތަމަ ވޯލްޑް ކަޕް ކުޅުނީ: 1930

އެންމެ ފަހުން ވޯލްޑް ކަޕް ކުޅުނީ: 2014

ވޯލްޑް ކަޕްގެ އެންމެ ރަނގަޅު ނަތީޖާ: ގަދަ 16 ވަނަ ބުރު 1994، ކުއާޓާ ފައިނަލް 2002، ގަދަ 16 ވަނަ ބުރު 2010، 2014 .

ކޯޗު

ނަން: ގްރެގް ބްރްހޯލްޓާ

ގައުމު: އެމެރިކާ

އުމުރު: 49 އަހަރު

އުފަންތާރީޚް: 1 އޮގަސްޓް 1973

ޓީމާ ހަވާލުވީ: 2018 ވަނަ އަހަރު

ކޯޗް ބްރްހޯލްޓާ އެމެރިކާ ގައުމީޓީމުގެ ކޯޗުކަމާއި ހަވާލުވީ 2018 ވަނަ އަހަރުގައެވެ. ކްރިސްޓަލް ޕެލަސް އަދި އެލްއޭ ގެލެކްސީ ފަދަ ކުލަބުތަކަށް ވެސް ކުޅެ ތަޖުރިބާ ލިބިފައިވާ ބްރްހޯލްޓާ ކޯޗިން ދާއިރާއަށް ނިކުތީ 2011 ވަނަ އަހަރު އެލްއޭ ގެލެކްސީގެ އެސިސްޓެންޓް ކޯޗެއްގެ ގޮތުގައެވެ. އޭގެ ފަހުން ރަސްމީކޮށް ހެޑް ކޯޗެއްގެ ގޮތުގައި ސްވިޑެންގެ ހެމާބީ އައިއެފް އަށާއި އެކެރިކާ މޭޖަރ ލީގުގެ ކޮލަމްބަސް ކްރޫ އެސްސީ އަށް ކޯޗު ކޮށްދީފައިވެއެވެ. އެމެރިކާ ޓީމާއި ކޯޗެއްގެ ގޮތުގައި ހަވާލުވެ އޭނާ ވަނީ 2020 ވަނަ އަހަރުގެ ކޮންކާކަަފް ނޭޝަންސް ލީގާއި 2021 ވަނަ ކޮންކާކަޕް ގޯލްޑް ކަޕް އެމެރިކާއަށް ކާމިޔާބު ކޮށްދީފައެވެ. މިއީ ގްރެގް ބްރްހޯލްޓާ ގެ ކޯޗިން ކެރިއަރުގައި މިހާތަނަށް ހޯދުނު އެންމެ ބޮޑު ކާމިޔާބީއެވެ.

ގްރެގް ބްރްހޯލްޓާ އެމެރިކާގެ ކޯޗުކަމާއި ހަވާލުވި ފަހުން އެޓީމުން މިހާތަނަށް 56 މެޗު ކުޅެފައިވާއިރު، ބަލިވީ އެންމެ 10 މެޗުންނެވެ.

މުހިންމު ކުޅުންތެރިން:

ސާޖިއޯ ޑެސްޓް

ސްޕެއިންގެ ބާސެލޯނާއިން އިޓަލީގެ އޭސީ މިލާނަށް ކުޅެމުން އަންނަ ސާޖިއޯ ޓެސްޓަކީ އެއެމެރިކާ ޓީމުގެ ފަހަތުގެ މައި ތަނބެވެ. އުމުރުން 21 އަހަރުގެ ޑެސްޓްއަކީ މިވަގުތު މިލާނުގައިވެސް ރަނގަޅު ކުޅުމެއް ދައްކަމުން އަންނަ ކުޅުންތެރިއެކެވެ. ޑެސްޓް އެމެރިކާގެގައުމީ ޓީމަށް ކުޅެން ފެށީ 2019 ވަނަ އަހަރު އެވެ. އޭގެ ފަހުން އޭނާ ވަނީ އެމެރިކާ ޓީމަށް 19 މެޗު ކުޅެދީ ދެ ގޯލު ޖަހައިދީފައެވެ. އެމެރިކާއާއި އެކު 2019 ވަނަ އަހަރުގެ ކޮންކާކަފް ނޭޝަނަންސް ލީގު އޭނާ ކާމިޔާބު ކުރިއެވެ. މި ފަހަރުގެ ވޯލްޑް ކަޕަކީ ޑެސްޓް ކުޅޭ ފުރަތަމަ ވޯލްޑްކަޕް މުބާރާތެވެ.

ވެސްޓަން މެކެނީ

އިޓަލީގެ ޔުވެންޓަސް އަށް ކުޅެމުން އަންނަ އުމުރުން 24 އަހަރުގެ މިޑްފީލްޑަރ މެކެނީ އަކީ އެމެރިކާ ޓީމުގެ މެދުތެރޭގެ މައި ތަނބެވެ. ޔުވެންޓަސްގައި ވެސް ރަނގަޅު ކުޅުމެއް ދައްކަމުން އަންނަ މެކެނީ އެމެރިކާ ޓީމަށް ކުޅެން ފެށީ 2017 ވަނަ އަހަރުގައެވެ. އޭނާ ވަނީ އެމެރިކާ ޓީމަށް މިހާތަނަށް 37 މެޗު ކުޅެދީ ނުވަ ގޯލުވެސް ޖަހައި ދީފައެވެ. ޝާލްކޭއިން ކެރިއަރު ފެށި މެކެނީ އިޓަލީގެ ޔުވެންޓަސްއަށް ބަދަލުވީ 2021 ވަނަ އަހަރުގައެވެ. ޔުވެންޓަސްއަށް މިހާތަނަށް 56 ކުޅެދީފައިވާއިރު، އޭނާ ވަނީ ހަ ގޯލުވެސް ޖަހައިދީފައެވެ. މިއީ މެކެނީގެ ފުރަތަމަ ވޯލްޑްކަޕް މުބާރާތެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް