ލ.ގަން ހަމަދް ބިން ޚަލީފާ އަލް ޘާނީ ސްކޫލްގެ "2022 ވަނަ އަހަރުގެ ކެޑޭޓް ކޭމްޕު" ގެ ބައިވެރިންނަށް އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑުން ކުލާސްތަކެއް ނަގައިދީފިއެވެ.
މިގޮތުން އިއްޔެ ފެށި މި ކެޑޭޓް ކޭމްޕުގައި ބައިވެރިވާ 90 ދަރިވަރުންނަށް އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑުން ވަނީ ފަސްޓް އެއިޑާއި، ފަޔަރ އެވެއަރނެސް ކުލާސްތަކެއް ކުރިއަށް ގެންގޮސްދީފައެވެ. އޭގެ އިތުރުން ކޭމްޕުގެ ބައިވެރިންނަށް އަމަލީ ތަޖުރިބާ ލިއްބައިދިނުމުގެ ގޮތުން ސަރވައިވަލް ކުލާސްތަކެއް ވެސް ސިފައިން ވަނީ ކުރިއަށްގެންގޮސްފައެވެ.
މި ކުލާސްތަކުގައި ބައިވެރިންނަށް މަޢުލޫމާތު ފޯރުކޮށްދިނީ، އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑްގެ ސިފައިންނާއި އެމްއެންޑީއެފް ސްޕެޝަލް ފޯސަސްގެ ކޮލިފިކޭޝަން ކޯހުގައި ހަރަކާތްތެރިވާ މުދައްރިބުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް