ބްލެކް ސީ އާއި ގުޅުންހުރި، ގޮވާމުގެ އެއްބަސްވުން މެދުކަނޑާލުމުން މުޅި ދުނިޔެއަށް އަސަރުކުރާނެ: އިންޑިއާ

އދ.ގެ މެދުވެރިކަމާއެކު ބްލެކް ސީ ގްރޭން އިނީޝިއޭޓިވް މެދުކަނޑާލުމުން އިންޑިއާއިން އދގެ ސަލާމަތީ މަޖިލީހުގައި ކަންބޮޑުވުން ފާޅުކޮށް ބުނެފައިވަނީ މިކަމުގެ ސަބަބުން ދުނިޔޭގެ ކާބޯތަކެތީގެ ރައްކާތެރިކަމާއި...

04 Nov 2022 | 14:07

އދ.ގެ މެދުވެރިކަމާއެކު ބްލެކް ސީ ގްރޭން އިނީޝިއޭޓިވް މެދުކަނޑާލުމުން އިންޑިއާއިން އދގެ ސަލާމަތީ މަޖިލީހުގައި ކަންބޮޑުވުން ފާޅުކޮށް ބުނެފައިވަނީ މިކަމުގެ ސަބަބުން ދުނިޔޭގެ ކާބޯތަކެތީގެ ރައްކާތެރިކަމާއި ތެލާއި ފާޓިލައިޒަރ ސަޕްލައިކުރުމުގައި ހުރި ގޮންޖެހުންތައް އިތުރަށް ގޯސްވެދާނެ ކަމަށް އިންޑިއާއިން ބުނެފިއެވެ.

އިންޑިއާގެ ޑިޕްލޮމެޓް އާރް މަދޫ ސޫދާން ވިދާޅުވީ ބްލެކް ސީ ގްރެއިން އެއްބަސްވުމުގެ ސަބަބުން ޔޫކްރެއިންގައި ސުލްހައަށް އުއްމީދުގެ އަލިކަމެއް ލިބިފައިވާ ކަމަށާއި އެކަމުގެ ސަބަބުން ހުއިފިލަނޑާ އާއި އެހެނިހެން ތަކެތީގެ އަގު ހެޔޮވެފައިވާ ކަމަށެވެ.

މި މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން ނުވަ މިލިއަނަށްވުރެ ގިނަ ޓަނުގެ ކާޑުގެ ބާވަތްތަކާއި ކާބޯތަކެތީގެ އެހެނިހެން ބާވަތްތައް ޔޫކްރެއިންއިން ވަނީ އެކްސްޕޯޓްކޮށްފައެވެ. ޔޫކްރޭނާ ބެހޭ ގޮތުން އދ.ގައި ހުންނަ އިންޑިއާގެ ދާއިމީ މިޝަންގެ ކައުންސެލަރު މަދޫ ސޫދާން ވިދާޅުވީ އެކްސްޕޯޓްގެ ސަބަބުން ހުއިފިލަނޑާ އާއި އެހެނިހެން ތަކެތީގެ އަގު ތައް ދަށަށް ގޮސްފައިވާ ކަމަށް ގަބޫލުކުރާ ކަމަށެވެ. "ބްލެކް ސީ ގްރޭން އިނީޝިއޭޓިވް މެދުކަނޑާލުމުން ދުނިޔޭގެ ކާބޯތަކެތީގެ ރައްކާތެރިކަމާއި ތެލާއި ފާޓިލައިޒާ ސަޕްލައި ކުރުމުގައި ހުރި ގޮންޖެހުންތައް، ހާއްސަކޮށް ގްލޯބަލް ސައުތުގައި އިތުރަށް ގޯސްވާނެ ކަމަށް ބެލެވޭ،" އޭނާ ވިދާޅުވި އެވެ.

އދ.ގެ މެދުވެރިކަމާއެކު ބްލެކް ސީ ގްރޭން އިނީޝިއޭޓިވްގައި ސޮއިކޮށްފައިވަނީ މިދިޔަ ޖުލައި މަހު އިސްތަންބޫލްގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. މި އެއްބަސްވުމުގެ ދަށުން ޔޫކްރެއިންގެ ތިން ބަނދަރަކުން ކާޑުގެ ބާވަތްތައް އުފުލާ އުޅަނދުތައް ދުނިޔޭގެ ބާޒާރުތަކަށް ދަތުރުކުރަނީ އެއްބަސްވެފައިވާ ކޮރިޑޯއަކުންނެވެ. ޔޫއެންއެސްސީގެ މި ބަހުސް ކުރިއަށް ގެންގޮސްފައި މިވަނީ ޔޫކްރެއިންގެ އުޅަނދުތަކަށް ޔޫކްރެއިންއިން ދިން ހަމަލާތަކާ ގުޅިގެން މިދިޔަ ހަފުތާ ބަންދުގައި އިއުލާނުކުރި ބްލެކް ސީ ގްރޭން އިނީޝިއޭޓިވްގައި ބައިވެރިވުން "ވަކި މުއްދަތަކަށް" މެދުކަނޑާލުމަށް ރަޝިޔާއިން ނިންމުމާ ގުޅިގެން ނެވެ.

ކައުންސެލަރ މަދޫ ސޫދާން ވިދާޅުވީ، ޔޫކްރެއިން އާއި ރަޝިއާއިން ކާބޯތަކެތީގެ ބާވަތްތަކާއި ފާޓިލައިޒަރ އެކްސްޕޯޓު ކުރެވޭނެ އިންތިޒާމް ހަމަޖެއްސުމާއި، މިކަން އާކޮށް ފުރިހަމައަށް ތަންފީޒުކުރުމާ ބެހޭގޮތުން ސެކްރެޓަރީ ޖެނެރަލް ޕާޓީތަކާއެކު ބައިވެރިވުމަށް އިންޑިއާއިން ތާއީދުކުރާ ކަމަށެވެ.

އދ.ގެ އޮފިޝަލުން އިއްޔެ ސަލާމަތީ މަޖިލީހުގައި ވިދާޅުވެފައިވަނީ ޔޫކްރެއިންއިން ކާޑުގެ ބާވަތްތަކާއި އެއާ ގުޅުންހުރި ކާބޯތަކެތީގެ ބާވަތްތައް އެކްސްޕޯޓުކުރުމުގެ ތާރީޚީ އެއްބަސްވުން ދަމަހައްޓަން ޖެހޭނީ މިހާރު ހިނގަމުންދާ ހަނގުރާމައާއި ދުނިޔޭގެ ދިރިއުޅުމުގެ ޚަރަދުގެ ދަތިކަމުގެ ތެރޭގައި ކަމަށެވެ. "ޔޫކްރެއިންއިން ކާޑުގެ ބާވަތްތައް އެކްސްޕޯޓް ކުރުމަކީ ކާބޯތަކެތީގެ އެހީގެ އޮޕަރޭޝަނެއް ނޫން ކަމަށާއި އެތަކެތި ހިންގަނީ އަގުގެ ގޮތުން ބޮޑު ލީވަރެއްގެ ގޮތުގަ އެވެ. ސެކިއުރިޓީގެ އާ ތުހުމަތުތަކަކީ ސެކްރެޓަރީ ޖެނެރަލްގެ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށާއި އެ އެއްބަސްވުމަށް ދަތިތަކެއް ކުރިމަތިވެފައިވާތީ މެމްބަރު ގިނަ ގައުމުތަކުން މިހާރު ކަންބޮޑުވާ ކަމަށް އދގެ އިމަޖެންސީ ރިލީފް ކޯޑިނޭޓަރު މާޓިން ގްރިފިތުސް ވިދާޅުވި އެވެ.

ޔޫއެން ނިއުސް އިން ބުނި ގޮތުގައި ޔޫކްރޭނާއި ރަޝިއާއިން ދުނިޔޭގެ އެކްސްޕޯޓް ކުރާ ހުއިފިލަނޑާ އާއި ބާލީގެ ގާތްގަނޑަކަށް 30 ޕަސެންޓް، އަދި ސަންފްލާވާ ތެލުގެ ދެބައިކުޅަ އެއްބައި ހިއްސާކުރެ އެވެ. ރަޝިޔާއަކީ ދުނިޔޭގައި އެންމެ ގިނައިން ފާޓިލައިޒަރ އެކްސްޕޯޓްކުރާ ޤައުމެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް