ދޯންޏެއްގައި އަލިފާން ރޯވެ ބޮޑެތި ގެއްލުންތަކެއް

ށ. ފުނަދޫ ބަނދަރުގައި އޮތް ދޯންޏެއްގައި އަލިފާން ރޯވެ ބޮޑެތި ގެއްލުންތަކެއް ލިބިއްޖެއެވެ. މިއަދު ހެނދުނު 11:15 ހާއިރު ހިނގި މި ހާދިސާގައި ގެއްލުން ލިބިފައިވަނީ "ރިތްމަސް" ނަމަކަށް ކިޔާ މަސް ދޯންޏަކަށެ...

04 Nov 2022 | 10:25

ށ. ފުނަދޫ ބަނދަރުގައި އޮތް ދޯންޏެއްގައި އަލިފާން ރޯވެ ބޮޑެތި ގެއްލުންތަކެއް ލިބިއްޖެއެވެ.

މިއަދު ހެނދުނު 11:15 ހާއިރު ހިނގި މި ހާދިސާގައި ގެއްލުން ލިބިފައިވަނީ "ރިތްމަސް" ނަމަކަށް ކިޔާ މަސް ދޯންޏަކަށެވެ.

އެ ރަށުން މައުލޫމާތު ހިއްސާކުރި ފަރާތަކުން ދުވަހަށް މައުލޫމާތުދެމުން ބުނީ ފުލުހުންނާއި އާންމުންވެގެން އެ ދޯނީގައި ރޯވި އަލިފާން މިހާރު ނިއްވާލާފައިވާއިރު ދޯނީގެ ގެގަނޑަށާއި ޑެކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވެއެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިނުވާކަމަށް، ދުވަހަށް މައުލޫމާތު ހިއްސާކުރި ފަރާތުން ބުންޏެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް