64 ފުޅި ބަނގުރަލާއެކު ދިވެއްސަކު ހައްޔަރުކޮށްފި

64 ފުޅި ބަނގުރަލާއެކު ދިވެހި ފިރިހެނަކު ހައްޔަރުކޮށްފިއެވެ. ފުލުހުން ބުނެފައިވާގޮތުގައި އެމީހަކު ހައްޔަރުކުރީ ފުލުހުންގެ ޑްރަގް އެންފޯސްމަންޓުން މާލޭގައި ހިންގި އޮޕަރޭޝަނެއްގައެވެ. އާންމު ފަރާތަކުން ފ...

04 Nov 2022 | 05:53

64 ފުޅި ބަނގުރަލާއެކު ދިވެހި ފިރިހެނަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނެފައިވާގޮތުގައި އެމީހަކު ހައްޔަރުކުރީ ފުލުހުންގެ ޑްރަގް އެންފޯސްމަންޓުން މާލޭގައި ހިންގި އޮޕަރޭޝަނެއްގައެވެ.

އާންމު ފަރާތަކުން ފުލުހުންނަށްދިން މައުލޫމާތަކާ ގުޅިގެން ބުދަ ދުވަހު ހިންގި އެ އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ 40 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާ ހައްޔަރުކޮށް، އޭނާ ގެންގުޅުނު ފޮށިގަނޑުތަކެއް ބަލައިފާސްކުރިއިރު 64 ފުޅި ބަނގުރާ ފެނިފައިވާކަމަށް ފުލުހުން ބުނެއެވެ. މި މައްސަލަ ޑްރަގް އެންފޯސްމަންޓުން ތަހުގީގުކުރަމުން އަންނަކަމުގައިވެސް ފުލުހުން ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް