ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު، އިމްރާން ޚާނަށް އަމާޒުކޮށް އިއްޔެ ދިން ބަޑީގެ ހަމަލާ ކުށްވެރިކުރާކަމުގައި އަދާލަތު ޕާޓީއިން ބުނެފިއެވެ.
އެގޮތުން އެ ޕާޓީން ބުނެފައިވަނީ ފިނޑި އެ ހަމަލާ އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާކަމަށާއި އިމްރާން ޚާނަށް އަވަސް ޝިފާއަކަށް އެދޭކަމަށެވެ.
އިއްޔެ ހަވީރު ޕާކިސްތާނުގައި ކުރިއަށްގެންދިޔަ ސިޔާސީ ރެލީއެއްގެ ތެރެއިން މީހަކު އިމްރާން ޚާނަށް އަމާޒުކޮށް އިއްޔެ ދިން ބަޑީގެ ހަމަލާގައި ވޒަން އަމާޒުވީ އިމްރާން ޚާންގެ ފަޔަށެވެ. އެ ހަމަލާގައި އިތުރު 14 މީހަކު ޒަހަމްވީއިރު ބަޔަކު މަރުވިކަމަށްވެސް ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވެއެވެ. ނަމަވެސް މަރުވީ ކިހާ އަދަދެއްކަން އަދި ސާފުކޮށް ރިޕޯޓްކޮށްފައެއް ނުވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް