27 ވަނަ ކޮންފަރެންސް އޮފް ދަ ޕާޓީސް އޮފް ދަ ޔުނައިޓެޑް ނޭޝަންސް ފްރޭމްވޯކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖް (ކޮޕް27)ގައި ބައިވެރިވެވަޑައިގަތުމަށް، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު މިސްރަށް ފުރާވަޑައިގެންފިއެވެ.
ރައްޔިތުންގެ މަޖިލީހުން މިއަދު ބުނެފައިވާގޮތުގައި މިއަދުން ފެށިގެން މި މަހުގެ ނުވަޔަކާއި ހަމައަށް ރައީސް ނަޝީދު މިސްރަށް މި ކުރައްވާ ދަތުރުފުޅުގައި ކޮޕް 27ގައި ބައިވެރިވެވަޑައިގަތުމަށް ހަމަޖެހިފައިވަނީ ޑިމޮކްރެޓިކް ސޯޝަލިސްޓް ރިޕަބްލިކް އޮފް ސްރީލަންކާގެ ގައުމީ ވަފުދުގެ މެންބަރެއްގެ ގޮތުގައެވެ.
ނޮވެމްބަރު އަށެއްގައި މިސްރުގައި ބާއްވާ ކްލައިމެޓް ޕްރޮސްޕެރިޓީ ޕްލޭންސް ފްލެގްޝިޕް އިވެންޓް: ޕޭވިންގ ދަ ވޭ ފްރޮމް ވަލްނަރެބިލިޓީ ޓު ޕްރޮސްޕެރިޓީގައި ރައީސް ނަޝީދު ބައިވެރިވެވަޑައިގަންނަވާނެކަމުގައި މަޖިލީހުން ބުނެއެވެ.
އެ ބައްދަލުވުމަކީ ކްލައިމެޓް ވަލްނަރަބަލް ފޯރަމް (ސީވީއެފް) އަދި ވަލްނަރަބަލް ގްރޫޕް އޮފް 20 (ވީ20) އިން ރާވާ، އިންތިޒާމްކުރާ ބައްދަލުވުމެވެ.
މިސްރަށް ކުރައްވާ ދަތުރުފުޅުގައި ސީވީއެފް އާއި ވީ20 އަދި އެހެނިހެން ގައުމުތަކުގެ އިސް އޮފިޝަލުންނާވެސް ކޮޕް 27ގެ ހަވާސާގައި ރައީސް ނަޝީދު ބައްދަލުކުރައްވާނޭކަމުގައިވެސް ރައްޔިތުންގެ މަޖިލީހުން ބުނެއެވެ.
މިވަގުތު ކްލައިމެޓް ވަލްނަރަބަލް ފޯރަމްގެ (ސީވީއެފް) ގެ ވަލްނަރަބަލް ޓްވެންޓީ (ވީ20) ގްރޫޕްގެ ރިޔާސަތު ބަލަހައްޓަނީ ގާނާއިންނެވެ. އަދި ދިވެހިރާއްޖެއަކީވސް ސީވީއެފްގެ މެންބަރު ގައުމެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް