އިޒްރޭލުގެ ބޮޑުވަޒީރުކަން އަނެއްކާވެސް އެ ގައުމުގެ ކުރީގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ކާމިޔާބުކޮށްފިއެވެ.
ނަތަންޔާހޫ އާއި އޭނާގެ ކޯލީޝަނަށް އެ ގައުމުގެ އާއްމު އިންތިހާބު ކާމިޔާބުވެފައިވާކަން މިހާރު ވަނީ އިއުލާނުކޮށްފައެވެ. އަދި އިދިކޮޅު ލީޑަރު އަދި މިހާރުގެ ބޮޑުވަޒީރު ޔައިރް ލަޕިޑް ވަނީ އޭނާ އާއި އޭނާގެ ކޯލީޝަން ބަލިވެއްޖެކަން ގަބޫލުކޮށް ނަތަންޔާހޫއަށް މަރުހަބާ ކިޔާފައެވެ.
ވޯޓުގެ 80 އިންސައްތަ މިހާތަނަށް ގުނާ ނިމި ނަތީޖާ އިއުލާނުކޮށްފައިވާއިރު 120 ގޮނޑީގެ ތެރެއިން 64 ގޮނޑި ނަތަންޔާހޫ އާއި އޭނާގެ ކޯލީޝަނުން ވަނީ ކާމިޔާބުކޮށްފައެވެ. ޔައިރާއި އޭނާގެ ކޯލީޝަނަށް އަދި ކަށަވަރު ކުރެވުނީ 51 ސީޓެވެ.
ނަތަންޔާހޫ އެނބުރި ބޮޑުވަޒީރުކަމަށް އަންނައިރު އޭނާއަކީ އެ ގައުމުގެ ތާރީހުގައިވެސް މިހާތަނަށް އެންމެ ގިނަ ދުވަހު ބޮޑުވަޒީރުކަން ކުރި ފަރާތެވެ. އެގޮތުން 1996 އިން 1999 އަށް އަދި 2009 އިން 2021 އަށް ބޮޑުވަޒީރުކަން ކޮށްފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް