ސިއްކަގެ ނޮވެމްބަރު ތިނެއްގެ އިއުތިރާފު ބަޔާނަކީ ބޮޑު އޮޅުވާލުމެއް: ރައީސް ނަޝީދު

އަހްމަދު އިސްމާއިލް މަނިކު (ސިއްކަ)، ނޮވެމްބަރު ތިނެއްގެ އިއުތިރާފު ބަޔާނަކީ ބޮޑު އޮޅުވާލުމެއްކަމުގައި ރައީސް ނަޝީދު ވިދާޅުވެއްޖެއެވެ. މިކަމާއިގުޅޭގޮތުން މިއަދު ރައީސް ނަޝީދު ވިދާޅުވީ ނޮވެމްބަރު ތިނެއ...

04 Nov 2022 | 03:54

އަހްމަދު އިސްމާއިލް މަނިކު (ސިއްކަ)، ނޮވެމްބަރު ތިނެއްގެ އިއުތިރާފު ބަޔާނަކީ ބޮޑު އޮޅުވާލުމެއްކަމުގައި ރައީސް ނަޝީދު ވިދާޅުވެއްޖެއެވެ.

މިކަމާއިގުޅޭގޮތުން މިއަދު ރައީސް ނަޝީދު ވިދާޅުވީ ނޮވެމްބަރު ތިނެއްގެ ހަމަލާގައި ސިއްކަ އަހްމަދު އިސްމާއިލް މަނިކުގެ އަބުރަށް އަރައިގަތުން އެއްގޮތަކަށްވެސް ބަލައެއް ނުގަނެވޭނެކަމަށާއި އޭނާއަށް އިންތިހާއަށް އަނިޔާކޮށް މަރުގެ ތުންފަތް މައްޗަށް ގެންދިޔަ ކަމަށެވެ.

"އޭނާގެ އަތުން ނެގި އިއުތިރާފު ބަޔާނަކީ ބޮޑު އޮޅުވާލުމެއް" ރައީސް ނަޝީދު މިއަދު ވިދާޅުވިއެވެ.

މ. ދީފުރަމްއާގޭ އަހްމަދު އިސްމާއިލް މަނިކު (ސިއްކަ) އަކީ މިހާރުގެ ފަސްޓް ލޭޑީ ފަޒްނާ އަހްމަދުގެ ބައްޕައެވެ.  ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާއާއި ގުޅިގެން ސިއްކަ އަށް 15 އަހަރުގެ ޖަލު ހުކުމެއް ފުރަތަމަ އިއްވިއެވެ. ނަމަވެސް ފަހުން ގެއަށް ބަދަލުކުރިއެވެ. އަދި ފަހުން ރައީސް މައުމޫން ވަނީ ސިއްކައަށް މާފު ދެއްވާފައެވެ.

https://twitter.com/mohamednasheed/status/1588359541682745346?s=46&t=en8J41lQqojVREE5ueKqvg&fbclid=IwAR2AE1RFarPr4lskWZTbZ8ezV7ugdL_Pc0GXqWdXhN16oDdV4g_IN4Rewzg

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް