ވޯލްޑް ކަޕް 2022 ޓީމް ޕްރޮފައިލް: އީރާން (ގުރޫޕް ބީ)

ބައްރު: އޭސިއާ ފީފާ ރޭންކިން: 20 މިހާތަނަށް ވޯލްޑް ކަޕްގައި ކުޅުނު އަދަދު: 5 ފުރަތަމަ ވޯލްޑް ކަޕް ކުޅުނީ: 1978 އެންމެ ފަހުން ވޯލްޑް ކަޕް ކުޅުނީ: 2018 ވޯލްޑް ކަޕްގެ އެންމެ ރަނގަޅު ނަތީޖާ: އީރާން އޭސިއާ...

04 Nov 2022 | 03:51

ބައްރު: އޭސިއާ

ފީފާ ރޭންކިން: 20

މިހާތަނަށް ވޯލްޑް ކަޕްގައި ކުޅުނު އަދަދު: 5

ފުރަތަމަ ވޯލްޑް ކަޕް ކުޅުނީ: 1978

އެންމެ ފަހުން ވޯލްޑް ކަޕް ކުޅުނީ: 2018

ވޯލްޑް ކަޕްގެ އެންމެ ރަނގަޅު ނަތީޖާ: އީރާން އޭސިއާ ފުޓްބޯޅައިގައި ވަރުގަދަ ބާރަކަށް ވީނަމަވެސް ދުނިޔޭގެ ލެވެލްގައި ފުޓްބޯޅައިން އެއްވެސް ކާމިޔާބެއް ލިބިފައިވާ ގައުމެއް ނޫނެވެ. އީރާނަށް މިހާތަނަށް ކުޅުނު އެއްވެސް ވޯލްޑްކަޕެއްގައި ގުރޫޕް ސްޓޭޖު ފަހަނައަޅާ ދެވިފައެއް ނުވެއެވެ.

ކޯޗު

ނަން: ކާލޯސް ކުއެރޯޒް

ގައުމު: ޕޯޗުގަލް

އުމުރު: 69 އަހަރު

އުފަންތާރީޚް: 1 މާރިޗް 1953

ޓީމާ ހަވާލުވީ: 2022 ވަނަ އަހަރު

އީރާންގެ ކޯޗު ކާލޮސް ކުއެރޯޒް އަކީ ޔޫރަޕްގެ އެންމެ މަތީ ލެވެލްގެ ތަޖުރިބާ ހޯދާފައިވާ ކޯޗެކެވެ. ޕޯޗުގަލްގެ ކުއެރޯޒް ވަނީ ގިނަ އަހަރުތަކެއް ވަންދެން މެންޗެސްޓާ ޔުނައިޓެޑްގެ ކުރީގެ ކޯޗު އެލެކްސް ފާގަސަންގެ އެހީތެރިއެއްގެ ގޮތުގައި މަސައްކަތްކޮށްފަ އެެވެ. އޭގެ ފަހުން ކުއެރޯޒް ވަނީ ރެއާލް މެޑްރިޑާއި ޕޯޗުގަލްގެ ގައުމީ ޓީމުގެ ކޯޗުކަން ވެސް ކޮށްފަ އެެވެ. އީރާންގެ ގައުމީ ޓީީމުގެ ކޯޗުކަމާ އޭނާ ފުރަތަމަ ހަވާލުވީ 2011 ވަނަ އަހަރެވެ. ހަތް އަހަރުވަންދެން އިރާންގެ ކޯޗުކަން ކޮށްދިނުމަށް ފަހު އެޓީމުގެ ކޯޗުކަމުން ކުރޯޒް ވަކިވީ 2020 ވަނަ އަހަރުގައެވެ. މި މުއަދްތުގެ ތެރޭ ކުއެރޯޒްގެ ކޯޗުކަމުގެ ދަށުން އީރާން 100 މެޗު ކުޅެފައިވާއިރު، ބަލިވެފައިވަނީ އެންމެ 13 މެޗުންނެވެ. އޭގެ ފަހުން އަލުން އެނބުރި އީރާންގެ ކޯޗުކަމާއި އޭނާ ހަވާލުވީ މިއަހަރުގައެވެ. މި އަހަރުގެ މިހާތަނަށް ކުއެރޯޒްގެ ކޯޗުކަމުގެ ދަށުން އީރާން ކުޅެފައިވަނީ އެންމެ ދެ މެޗެވެ. މި ދެމެޗުންވެސް ބަލިވެފައެއް ނުވެއެވެ. ކުއެރޯޒްގެ އިރުޝާދުގެ ދަށުން އީރާން ވަނީ ޖެހިޖެހިގެން ދެ ވޯލްޑް ކަޕަށް ކޮލިފައިވެފަ އެވެ. އަދި މިއީ އޭނާގެ ކޯޗުކަމުގައި އީރާން ވޯލްޑް ކަޕް ކުޅޭ ތިންވަނަ ފަހަރެވެ.

މުހިންމު ކުޅުންތެރިން:

އާމިރު އަބެދުޒާދް

އާމިރް އަބެދުޒާދު އަކީ އީރާންގެ ޓީމުގައި މި ވަގުތު ހުރި އެންމެ ތަޖުރިބާކާރު އެއް ކުޅުންތެރިޔާ އެވެ. އޭނާ އަކީ އީރާން ޓީމުގެ އެއްނަމްބަރު ގޯލް ކީޕަރެވެ. އިސްކޮޅުގައި ހަ ފޫޓް އެއް އިންޗި ހުންނަ އަބެދުޒާދް 29 އީރާންގެ ގައުމީ ޓީމަށް ކުޅެން ފެށީ 2017 ވަނަ އަހަރެވެ. އޭނާ ވަނީ 2018 ގެ ވޯލްޑް ކަޕާއި 2019 ވަނަ އަހަރުގެ އޭޝިއަން ކަޕްގައި އީރާނަށް ކުޅެފަ އެވެ. އަބެދުޒާދް އަކީ 2018 ވަނަ އަހަރު ޕޯޗުގަލްއާއި ދެކޮޅަށް ކުޅުނު މެޗުގައި ރޮނާލްޑޯ ޖެހި ޕެނަލްޓީ މަތަކުރި ގޯލްކީޕަރެވެ. އޭނާ މިހާރު ކުޅެމުން އަންނަނީ ސްޕެއިންގެ ސެގުންޑާ ޑިވިސަންގެ އެސްޑީ ޕޮންފެރަޑިނާ އަށެވެ. އޭނާ ވަނީ މިހާތަނަށް އިރާނަށް 11 މެޗު ކުޅެދީފައެވެ.

އުމިދު ނޫރަފްކާން

އީރާންގެ ސެޕަހަން އެފްސީ އަށް ކުޅެމުން އަންނަ އުމުރުން 24 އަހަރުގެ އުމިދް ނޫރަފްކާން އަކީ ފަހަކަށް އައިސް އިރާން ޓީމުގައި މުހިން ދައުރެއް އަދާކުރާ ކުޅުންތެރިއެކެވެ. ޑިފެންސިވް މިޑްފީލްޑަރަކަށް ކުޅެމުން އަންނަ ނޫރަފްކާން އަކީ މީގެ ކުރިން ބެލްޖިއަމްގެ ޕްރޮ ލީގުގެ ޝާރލެރޯއީ އެސް.ސީ. އަށް ވެސް ކުޅެފައިވާ ކުޅުންތެރިއެކެވެ. މިއީ އޭނާގެ ފުރަތަމަ ވޯލްޑް ކަޕް މުބާރާތެވެ. 2018 ވަނަ އަހަރު ވޯލްޑް ކަޕަށް ނެގި ވަގުތީ ސްކޮޑުގައި ހިމެނުނު ވަމަވެސް އެމު ބާރާތަށް ނެގި ފައިނަލް ސްކޮޑުން ނޫރަފްކާން އަށް ޖާގައެއް ނުލިބުނެވެ. 2018 ވަނަ އަހަރު އީރާންގެ ސީނިއަރ ޓީމަށް ކުޅެން ފެށި ނޫރަފްކާން ވަނީ މިހާތަނަށް އިރާނަށް 13 މެޗު ކުޅެދީފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް