ބޮލީވުޑް ތަރި މިލިންދު ސޯމަން އާއި އޭނާގެ އަންހެނުން ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އެބަ ގެންދެއެވެ.
އިންޑިއާ މީޑިއާއިން ރިޕޯޓްކޮށްފައިވާގޮތުގައި މިލިންދު އޭނާގެ އަންހެނުން، އަންކިތާ ކޮންވާރާއެކު ރާއްޖެއައީ މިލިންދުގެ 56 ވަނަ އުފަންދުވަސް ފާހަގަކުރުމަށެވެ. މިއަދަކީ އޭނާގެ އުފަންދުވަހެވެ.
މި ދެމަފިރިން ޗުއްޓީ ހޭދަކުރަމުން އަންނަނީ ދަ ރެޒިޑެންޓް މޯލްޑިވްސް އެޓް ދިގުރަށުގައެވެ.
ފިލްމީ ދާއިރާގައި މިލިންދު މިހާރު ކުރަމުން އަންނަ މަސައްކަތަކީ ފިލްމު "އެމްޖެންސީ" ގެ މަސައްކަތެވެ. މިލިންދަށް އެންމެ ބޮޑު މަގްބޫލުކަމެއް ލިބިގެންގޮސްފައިވަނީ ދޫރް ދަރްޝަން ނެޓްވޯކުން 1998 އިން 1999 އަށް ކުރިއަށްގެންދިޔަ "ކެޕްޓަން ވްޔޯމް" ސީރީޒުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް