ކ ގުރައިދޫ ފަޅުތެރޭގައި އޮތް ދޯންޏެއްގައި ރޯވެ އަނދަނީ

ކ ގުރައިދޫ ފަޅުތެރޭގައި އޮތް ދޯންޏެއްގައި އަލިފާން ރޯވުމުން ސިފައިން ހަރަކާތްތެރިވާން ފަށައިފި އެވެ. މީޑިއާތަކަށް މައުލޫމާތު ދެމުން އެމްއެންޑީއެފްގެ މީޑިއާ އޮފިސަރު، ކެޕްޓަން އިބްރާހިމް އާޒިމް ވިދާޅުވ...

04 Nov 2017 | 05:52

ކ ގުރައިދޫ ފަޅުތެރޭގައި އޮތް ދޯންޏެއްގައި އަލިފާން ރޯވުމުން ސިފައިން ހަރަކާތްތެރިވާން ފަށައިފި އެވެ.

މީޑިއާތަކަށް މައުލޫމާތު ދެމުން އެމްއެންޑީއެފްގެ މީޑިއާ އޮފިސަރު، ކެޕްޓަން އިބްރާހިމް އާޒިމް ވިދާޅުވީ ކ ގުރައިދޫ ފަޅުތެރޭގައި އޮތް ޑައިވިންގ ދޯންޏެއްގައި އަލިފާން ރޯވެގެން އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިއުގެ ޓީމް އެ ދިމާއަށް ދަތުރުކުރަމުން އަންނަ ކަމަށެވެ.

މި ހާދިސާ ރިޕޯޓް ކޮށްފައިވަނީ ހެނދުނު 10:00ގައި ކަމުގައިވެސް އާޒިމް ވިދާޅުވި އެވެ.

ދުވަހަށް މައުލޫމާތު ލިބިފައިވާގޮތުގައި އެ ދޯނީގައި ރޯވީ ގުރައިދޫ ބަނދަރުގައި އޮއްވަ އެވެ. ނަމަވެސް ރަށުގެ ރައްޔިތުންނާއި އެރަށުގައި ގާއިމްވެތިބި ފުލުހުންގެ މަސައްކަތުން އެ ދޯނި މިހާރު ވަނީ ބަނދަރުން ބޭރު ކޮށްފަ އެވެ. މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާކަމުގައިވެސް މައުލޫމާތު ލިބެ އެވެ.

އެ ދޯނީގަރި ރޯވި އަލިފާން ކޮންޓްރޯލް ކޮށްފައިވާއިރު ދޯނި ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދާފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް