ބަނގްލަދޭޝްގައި ނިޔާވި ފަތުހީގެ ހަށިގަނޑު ރާއްޖެ ގެނެސްފި

އަވަށްޓެރި ބަންގްލަދޭޝްގައި އުޅެނިކޮށް ނިޔާވި، ސ. މަރަދޫފޭދޫ އަބްދުﷲ ފަތުހީގެ ހަށިގަނޑު ރާއްޖެ ގެނެސްފި އެވެ. ފަތުހީ ނިޔާވެފައިވަނީ މިދިޔަ މަހުގެ 31 ވަނަ ދުވަހުގަ އެވެ. ދިވެހިރާއްޖޭގެ ހާރިޖީ ވުޒާރާއިނ...

04 Nov 2017 | 05:36

އަވަށްޓެރި ބަންގްލަދޭޝްގައި އުޅެނިކޮށް ނިޔާވި، ސ. މަރަދޫފޭދޫ އަބްދުﷲ ފަތުހީގެ ހަށިގަނޑު ރާއްޖެ ގެނެސްފި އެވެ.

ފަތުހީ ނިޔާވެފައިވަނީ މިދިޔަ މަހުގެ 31 ވަނަ ދުވަހުގަ އެވެ. ދިވެހިރާއްޖޭގެ ހާރިޖީ ވުޒާރާއިން ހާމަކޮށްފައިވާގޮތުގައި ފަތުހީގެ ހަށިގަނޑު ރާއްޖެ ގެނެސްފައިވަނީ އާއިލާއިން އެދިގެންނެވެ.

ފަތުހީގެ މަރާއި ބެހޭގޮތުން އޭނާގެ އާއިލާއިން ބައެއް މީޑިއާތަކަށް މައުލޫމާތު ދީފައިވާގޮތުގައި ފަތުހީ ބަނގްލަދޭޝް އަށް ދިޔައީ އޮކްޓޯބަރު މަހުގެ ތެރޭގަ އެވެ. އަދި އޭނާ މަރުވީ މިހިނގާ ނޮވެމްބަރު މަހުގެ އެއްވަނަ ދުވަހު ރާއްޖެ އައުމަށް ޓިކެޓުވެސް ނަގާފައިވަނިކޮށް ކަމަށް އޭނާގެ އާއިލާ އާއި ހަވާލާދީ ބައެއް މީޑިއާތަކުން ރިޕޯޓް ކޮށްފައި ވެ އެވެ.

ފަތުހީ ބަންގްލަދޭޝްއަށް ދިޔައިރު ގިނަ އަދަދަކަށް ފައިސާ ގެންދިޔަ ކަމަށާއި ފަތުގީ ބަންގްލަދޭޝްއަށް ދިޔައީ އެގައުމުގެ މީހަކާ ކައިވެނިކުރުމަށް ކަމަށް ބައެއް މަސްދަރުތަކަށް ހަވާލާދީ ބައެއް މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް