އަނހަ ގަނޑިޔާ: އައިފޯނު އެކްސް ހަމަ ވެއްޓޭއިރަށް ފަހަތް އެވަނީ ފުނޑު ފުނޑު !

އާފަލަށް ލޯބިކުރާ ކުދީންގެ އައިފޯނު އެކްސް އެ ދަނީ ވިއްކަމުންނެވެ. އެތައް ބަޔަކު ދިގު ކިއު ތަކުގައި ޖެހި އެ ފޯނު ގަނެފިވެސް މެ އެވެ. އަދި އައު ފޯނާއެކު ސެލްފީ ނެގުމާއި އައުފޯނު ދައްކާލުމުގެ ގޮތުން އެތ...

04 Nov 2017 | 03:44

އާފަލަށް ލޯބިކުރާ ކުދީންގެ އައިފޯނު އެކްސް އެ ދަނީ ވިއްކަމުންނެވެ. އެތައް ބަޔަކު ދިގު ކިއު ތަކުގައި ޖެހި އެ ފޯނު ގަނެފިވެސް މެ އެވެ. އަދި އައު ފޯނާއެކު ސެލްފީ ނެގުމާއި އައުފޯނު ދައްކާލުމުގެ ގޮތުން އެތައް ޕޯސްޓެއް ސޯޝަލް މީޑިއާއަށް އެދަނީ ބަންޑުންވެސް ކުރަމުންނެވެ.

އެހެނަސް މި ޕޯސްޓްތަކުން ފާހަގަވާ އެއްކަމެއް އެބަ އޮތެވެ. ގިނަ ފޮޓޯތަކާއި ވީޑިއޯތަކުން ފެންނަ ގޮތުން، ހަމަ ވެއްޓި ޖެހޭއިރު މި ފޯނުގައި ރެނދުލަ އެވެ. ނުވަތަ ބިއްލޫރި ފުނޑުފުނޑު ވެ އެވެ.

https://twitter.com/_/status/926406742191345664

ޗައިނާގެ ސޯޝަލް މީޑިއާ ވެއިބޯގައި އާއްމުވެފައިވާ އެއް ވީޑިއޯއިން ފެންނަނީ މީހަކު އޭނާ އަލަށް ގަތް އައިފޯނު އެކްސް ދައްކާލާ މަންޒަރެވެ. ހަމަ އެހިނދު ފޯނު ވެއްޓެ އެވެ. ފޯނު ވެއްޓި ފަހަތު ބިއްލޫރި ތަޅައިގެން ގޮސްފައިވާ ފޮޓޯ އޭނާ ފަހުން ޕޯސްޓް ކޮށްފައި ވެ އެވެ.

މިގޮތަށް ފޯނުގެ ފަހަތު ބިއްލޫރި ތަޅައިގެން ގޮސްފައިވާ އެތައް ފޯނެއްގެ ފޮޓޯއެއް އެތައް ބަޔަކު އެދަނީ ޕޯސްޓް ކުރަމުންނެވެ. އަދި ބައެއް މީހުން މިހާރު އަންނަނީ އޭގެ ވަރުގަދަ ކަން ބެލުމަށް ގަސްތުގައިވެސް އެ ފޯނު ވައްޓާލަމުންނެވެ. މި އާޓިކަލްގައި އޭގެ ވީޑިއޯއެއްވެސް ހިމަނާފައި ވާނެ އެވެ.

https://twitter.com/_/status/926376154977595392

ބިއްލޫރިގަނޑު ތަޅައިގެން ދިޔަ ނަމަވެސް ފޯނު ބަރާބަރަށް މަސައްކަތް ކުރެ އެވެ. ނަމަވެސް މިހާ އަވަހަށް ތަޅައިގެންދާތީ މި އައިފޯނު އެކްސްގެ  ބިއްލޫރި ކޮލިޓީއާއި މިވަނީ ސުވާލު އުފެދިފަ އެވެ. !؟

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް