ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ފުރަމާނަ ދަތުރުފުޅެއްގައި އިންޑިއާއަށް ވަޑައިގަންނަވާނެކަން ތަރުޖަމާނު ހީނާ ވަލީދު ހާމަކުރައްވައިފިއެވެ.
އެގޮތުން މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ހީނާ ވިދާޅުވެފައިވަނީ އިންޑިއާގެ ރައީސް ދުރޫޕަދީ މުރުމޫގެ ދަޢުވަތަކަށް، މި އޮކްޓޯބަރު މަހުގެ ހަޔަކުން ދިހަޔަކަށް އެ ޤައުމަށް ފުރަމާނަ ދަތުރުފުޅެއް ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ނިންމަވާފައިވާކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި އިންޑިއާގެ ރައީސާއި ބޮޑުވަޒީރާއި އަދި އެ ގައުމުގެ މަސްއޫލުވެރީންނާއި ބައްދަލުކުރައްވައި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް މަޝްވަރާކުރައްވާނެކަމުގައިވެސް ތަރުޖަމާނު ވިދާޅުވެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް