ޗައިނާ އާއި އެމެރިކާގެ ގުޅުން އޮތީ ރަތް ރޮނގުގެ އައްސޭރީގައި: ޑާލިއޯ

ބްރިޖްވޯޓާ އެސޯސިއޭޓްސްގެ ބާނީ ރޭ ޑާލިއޯ ވިދާޅުވީ ޓައިވާންގެ މިނިވަންކަމާއި، ޗިޕް ހަނގުރާމަ އާއި، ޖިއޮޕޮލިޓިކްސް ފަދަ ތަފާތުތަކާ އެކު އެމެރިކާ އާއި ޗައިނާއާ ދެމެދު އޮތް ގުޅުން އޮތީ "ރަތް ރޮނގުގެ އައްސ...

04 Oct 2023 | 18:42

ބްރިޖްވޯޓާ އެސޯސިއޭޓްސްގެ ބާނީ ރޭ ޑާލިއޯ ވިދާޅުވީ ޓައިވާންގެ މިނިވަންކަމާއި، ޗިޕް ހަނގުރާމަ އާއި، ޖިއޮޕޮލިޓިކްސް ފަދަ ތަފާތުތަކާ އެކު އެމެރިކާ އާއި ޗައިނާއާ ދެމެދު އޮތް ގުޅުން އޮތީ "ރަތް ރޮނގުގެ އައްސޭރީގައި" ކަމަށެވެ.

ހަނގުރާމައެއް ހިނގައިދާނެ ކަމަށް އޭނާ ނުދެކޭ ނަމަވެސް، ކުރިއަށް އޮތް ފަސް ނުވަތަ ދިހަ އަހަރަށް ވެސް މި މައްސަލަތައް ދެމިއޮންނާނެ ކަމަށާއި އަދި އިތުރަށް ވަރުގަދަވެދާނެ ކަމަށް އޭނާ ދެކެވަޑައިގަންނަވަ އެވެ.

ޗައިނާއަށް ޝައުގުވެރިވާ އަދި އިންވެސްޓަރެއް ކަމަށްވާ ޑާލިއޯ ވަނީ ބްރިޖްވޯޓާގެ ޗައިނާގެ ފަންޑަށް ވަރުގަދަ ފައިދާއެއް ހޯދައިދީ، ޗައިނާގައި ބޮޑު ހިއްސާއެއް ގާއިމުކުރުމަށް އެހީތެރިވެދީފަ އެވެ.

އަދި އިންފްލޭޝަން ފެޑެރަލް ރިޒާވްގެ 2 އިންސައްތަ ޓާގެޓަށްވުރެ މަތީގައި ހުރުމުގެ ސަބަބުން 10 އަހަރުގެ ޓްރެޝަރީ ޔީލްޑް 5 އިންސައްތައަށް އަރާނެ ކަމަށް ލަފާކުރައްވާ، ސަޕްލައި އާއި ޑިމާންޑް ބެލެންސް ކުރުމަށް އިންފްލޭޝަންއަށްވުރެ 1.5 އިންސައްތަ ޕޮއިންޓް މަތީގައި ރޭޓްތައް ހުންނަންޖެހޭނެކަމަށް އޭނާ ލަފާކުރެއްވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް