ޕާކިސްތާނު ސަރުކާރުން އިއްޔެ ކުރި އިއުލާނެއްގައި ބުނެފައި ވަނީ ގަވައިދާ ހިލާފަށް އުޅޭ 1.1 މިލިއަން ބިދޭސީން އެގައުމުން ފޮނުވާލަން ނިންމާފައިވާ ކަމަށެވެ.
ޕާކިސްތާނުން އަފްޣާނިސްތާނުގެ ހިޖުރަވެރިން އަނބުރާ ގައުމަށް ފޮނުވާލުމަށް ރާވާފައިވާއިރު، ތިން މަރުހަލާއެއްގެ ތެރެއިން، ހުއްދަ އާކުރަން ޖެހޭ ގާތްގަނޑަކަށް ހަތް ލައްކަ އަފްޣާނިސްތާނުގެ ހިޖުރަވެރިން ހިމެނެއެވެ. އަދި އޭގެ ތެރޭގައި ރެސިޑެންސް ޕާމިޓް އޮންނަ މީހުން ވެސް ހިމެނެ އެވެ.
ނޮވެމްބަރު 1، 2023 އިން ފެށިގެން ޕާކިސްތާނުން އަފްޣާނިސްތާނުގެ ރައްޔިތުންނަށް އެތެރެވުމަށް ޕާސްޕޯޓާއި ވިސާ އޮންނަން ޖެހޭ "ސިންގަލް ޑޮކިއުމެންޓް ސިސްޓަމް" ތަންފީޒު ކުރާނެ އެވެ.
ކާބުލް އާއި އިސްލާމްއާބާދާ ދެމެދު އުފެދިފައިވާ ނުތަނަވަސްކަމުގެ އިތުރުން ސަލާމަތީ ކަންކަމުގެ ސަބަބުން ވެސް މިނިންމުން ވަނީ އިތުރުވެފަ އެވެ.
ޕާކިސްތާނުގެ އޮފިޝަލުން ތުހުމަތު ކުރާ ގޮތުގައި އަފްޣާނިސްތާނުގެ ރައްޔިތުން ޓެރަރިސްޓް ހަރަކާތްތަކާއި ހަނގުރާމަވެރި ހަމަލާތަކުގައި ބައިވެރިވާ ކަމަށާއި އެކަމުގެ ސަބަބުން އަފްޣާނިސްތާނުން ޑީޕޯޓް ކުރުމުގެ ޕްލޭން ވަނީ ފަށައިފަ އެވެ.
ޕާކިސްތާނުގެ އަސްކަރީ މަރުކަޒަކަށް ދިން ހަމަލާގައި ބައިވެރިވި އަފްޣާނިސްތާނުގެ ޕެރަމިލިޓަރީންގެ ގިނަ ބަޔަކު ހިފެހެއްޓުމަށް ޕާކިސްތާނު ސަރުކާރުން ތާލިބާނުންގެ ކިބައިން ވަނީ އެދިފަ އެވެ.
ޑީޕޯޓް ކުރުމުގެ ޕްލޭންގައި އަފްޣާނިސްތާނުގެ ހިޖުރަވެރިން އެއްކޮށް، މޮޓޯ ވެހިކަލްބޭނުންކޮށްގެން އަފްޣާނިސްތާނުގެ ބޯޑަރަށް ގެންދިއުން ހިމެނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް