އެޕަލްގެ ސީއީއޯ ޓިމް ކުކް އަށް ވަނީ މިފަހަކަށްއައިސް އޭނާއަށް ލިބުނު އެންމެބޮޑު ފައިދާ ފާއިތުވި ދެ އަހަރުގެ ތެރޭގައި ލިބިފައެވެ.
ޓެކްސްއަށް ފައިސާ ދެއްކުމަށްފަހު ގާތްގަނޑަކަށް 41.5 މިލިއަން ޑޮލަރު ހޯދާފައިވާ ކަމަށް އެމެރިކާގެ ސެކިއުރިޓީޒް ފައިލިންގައި ބުނެފައިވެ އެވެ.
އޮގަސްޓް 2021 ގައި 355 މިލިއަން ޑޮލަރުގެ ހިއްސާ ވިއްކުމަށް ފަހު ކުކް ވަނީ ޓެކްސްގެ ކުރިން ގާތްގަނޑަކަށް 87.8 މިލިއަން ޑޮލަރުގެ އަގުހުރި 511،000 ހިއްސާ ވިއްކާފަ އެވެ.
މިދިޔަ ޖުލައި މަހު އެޕަލްގެ ހިއްސާ އެންމެ މައްޗަށް ދިޔަ ފަހުން 13 ޕަސެންޓް ދަށަށް ގޮސްފައި ވަނީ މައިގަނޑު ގޮތެއްގައި ސްމާޓްފޯންގެ ޑިމާންޑް ރިކަވަރީ އަންދާޒާކުރި ވަރަށް ވުރެ ލަސްވެދާނެ ކަމުގެ ކަންބޮޑުވުންތަކާ ގުޅިގެންނެވެ.
އަގު ބޮޑުނުކޮށް އައިފޯން 15 ގެ ލައިންއަޕް ތައާރަފްކުރި ނަމަވެސް، މިއީ ދުނިޔޭގެ ސްމާޓްފޯން މާކެޓަށް އައި ހީނަރުކަމަށް ލިބުނު އިޖާބައެއް ކަމަށް ބައެއް މީހުން ގަބޫލުކުރެ އެވެ.
ނަތީޖާއެއްގެ ގޮތުން ކީބެންކްގެ އެނަލިސްޓުން އެޕަލްގެ ސްޓޮކް ދަށްކުރީ އިންފްލޭޝަން މަތިވެ، ކަސްޓަމަރުން އެ މީހުންގެ ޑިވައިސްތައް އަޕްގްރޭޑް ކުރުން މަދުވުމުގެ ސަބަބުން އެމެރިކާގައި ސޭލްސް ގްރޯތު ދަށްވުމުގެ ކަންބޮޑުވުންތަކާ ގުޅިގެންނެވެ.
ކެނަލިސްގެ ރިޕޯޓެއްގައި ވަނީ 2023 ވަނަ އަހަރު އުތުރު އެމެރިކާގެ ސްމާޓްފޯން ޝިޕްމަންޓް12 ޕަސެންޓް ދަށަށް ދާނެ ކަމަށް ލަފާކޮށްފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް