ޕީޕީއެމް/ޕީއެންސީގެ ވެރިކަން ބަދަލު ކުރުމުގެ ކަންކަން ކުރިއަށްގެންދާ އިންތިގާލީ ކޮމިޓީގެ އިންތިޤާލީ ސްޕޯކްސްޕަރސަންގެ މަޤާމަށް މުޙައްމަދު ފިރުޒުލް ޢަބްދުالله ޚަލީލް އައްޔަނު ކޮށްފިއެވެ.
އެ މަގާމަށް ފިރުޒުލް ހަމަޖައްސާފައި ވާކަން އިއުލާނު ކޮށްފައި ވަނީ މިރޭގެވަގުތެއްގައެވެ.
ވެރިކަން ބަދަލު ކުރުމުގެ ކަންކަން ކުރިއަށްގެންދާ އިންތިގާލީ ކޮމިޓީގެ ވެރިޔަކަށް ސިވިލް ސާވިސް ކޮމިޝަނުން ހަމަޖައްސާފައި ވަނީ ޕީއެންސީގެ ޗެއާމަން އަބްދުއްރަހީމް )އަދުރޭ( އެވެ.
އެ މަގާމަށް އަދުރޭ ހަމަޖެއްސުމާއެކު ޓްރާންޒިޝަން ކޮމިޓީތައް އެކުލަވާލުމުގެ މަސައްކަތް އަދުރޭ ވަނީ ފައްޓަވާފައެވެ..
އަދުރޭ އަކީ ޕީޕީއެމް/ޕީއެންސީވެސް ހިންގެވުމާއި ހަވާލުވެ ހުންނެވި އެންމެ އިސް ވެރިޔާ އެވެ.
ކުރިން ރައްޔިތުންގެ މަޖިލީހުގައި ފޮނަދޫ ދާއިރާގެ މެންބަރުކަންވެސް ކުރެއްވި އަދުރޭ ވަނީ ޑރ. މުއިއްޒުގެ ކެމްޕޭނުގައިވެސް އެންމެ އަރިހުން މަސައްކަތް ކުރައްވާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް