ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ރަސްމީ ނަތީޖާ ނެރެފި

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ރަސްމީ ނަތީޖާ އިލެކްޝަންސް ކޮމިޝަން (އީސީ)އިން އިއުލާނު ކޮށްފިއެވެ އީސީން އާއްމުކުރި ނަތީޖާއިން ދައްކާ ގޮތުގައި، އިންތިހާބު ކާމިޔާބު ކުރެއްވި ޕީއެންސީގެ ރިޔާސީ ކެނޑިޑ...

04 Oct 2023 | 18:12

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ރަސްމީ ނަތީޖާ އިލެކްޝަންސް ކޮމިޝަން (އީސީ)އިން އިއުލާނު ކޮށްފިއެވެ

އީސީން އާއްމުކުރި ނަތީޖާއިން ދައްކާ ގޮތުގައި، އިންތިހާބު ކާމިޔާބު ކުރެއްވި ޕީއެންސީގެ ރިޔާސީ ކެނޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުއަށް ލިބިވަޑައިގެންނެވީ 129159 ވޯޓެވެ. އެއީ ވޯޓުލީ ލީހުންގެ54.04 އިންސައްތައެވެ.

ޑރ. މުއިއްޒުއާ ވާދަކުރެއްވި، މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލިބިވަޑައިގެންނެވީ 109868 ވޯޓެވެ. އެއީ 45.96 އިންސައްތައެވެ.

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރަށްވުރެ ދެވަނަ ބުުރގައި ވޯޓުލީ މީހުން ގިނައެވެ. އެގޮތުން މި ބުރުގައި 87.31 އިންސައްތަ މީހުން ވަނީ ވޯޓު ލާފައެވެ.

އިންތިހާބުގެ ދެވަނަ ބުރުގައި ވޯޓު ދިނުމުގެ ހައްގު ލިބިގެންވާ 282804 މީހުން ތިބި އިރު، ވޯޓު ލާފައި ވަނީ 246915 މީހުންނެވެ. އަދި މި އިންތިހާބުގައި 7888 ވޯޓު ވަނީ ބާތިލު ވެފައެވެ.

މި ނަތީޖާއާއެކު ކުރިއަށް އޮތް ދައުރުގައި ރާއްޖޭގެ ރައީސްކަން ކުރައްވާނީ ޑރ. މުއިއްޒުއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް