ޕީއެންސީގެ ރައީސްކަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު އައްޔަނުކޮށްފިއެވެ.
އެ މަގާމަށް މުއިއްޒު އައްޔަނު ކޮށްފައި ވަނީ މިހާރު ކުރިއަށްދާ އެ ޕާޓީގެ ސެނެޓް ބައްދަލުވުމުގައެވެ.
އެ ޕާޓީގެ ނައިބު ރައީސްއަކަށް ހަމަޖައްސާފައި ވަނީ އިންތިހާބީ ނައިބުރައީސް ހުސައިން މުހައްމަދު ލަތީފް (ސެމްބެ) އެވެ. އަދި ކުރިން އެ ޕާޓީގެ ރައީސްކަމުގައި ހުންނެވި އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވަނީ އެ ޕާޓީގެ ޗެއާޕާސަން އަކަށް ހަމަޖައްސަވާފައެވެ.
ޑރ. މުއިއްޒު ކުރިން ހުންނެވީ ޕީޕީއެމްގައެވެ. ނަމަވެސް އިންތިހާބަށް ކުރިމަތި ލުމަށްޓަކައި ޕީއެންސީއަށް ބަދަލުވެ، ޕީއެންސީގެ ޓިކެޓްގައި ވާދަ ކުރައްވައި އިންތިހާބު ކާބިޔާބު ކުރެއްވީއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް