މަހްލޫފް މޭޔަރު ކެމްޕޭނަށް ތައްޔާރުވާން ފަށްޓަވައިފި

މާލޭ ސިޓީގެ މޭޔަރު ކަމަށް ކުރިމަތިލައްވާނެކަން މިއަދު އިއުލާނުކުރެއްވި އަހްމަދު މަހްލޫފް، ކެމްޕޭނަށް ތައްޔާރުވާން ފައްޓަވައިފިއެވެ. އެގޮތުން މިރޭ މަހްލޫފް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ރައީސް...

04 Oct 2023 | 15:05

މާލޭ ސިޓީގެ މޭޔަރު ކަމަށް ކުރިމަތިލައްވާނެކަން މިއަދު އިއުލާނުކުރެއްވި އަހްމަދު މަހްލޫފް، ކެމްޕޭނަށް ތައްޔާރުވާން ފައްޓަވައިފިއެވެ.

އެގޮތުން މިރޭ މަހްލޫފް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ރައީސް ސޯލިހްގެ ވިލިމާލެ އަދި ހުޅުމާލެ ކެމްޕޭނު ޓީމުތަކާއި ބައްދަލުކުރައްވައި މާލޭ ސިޓީގެ މޭޔަރު ކެމްޕޭނާއި ގުޅޭގޮތުން މަޝްވަރާކުރެވެމުން އަންނާނެ ކަމަށެވެ.

މާލޭ ސިޓީގެ މޭޔަރުކަން އަންނަ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހު ހުސްވާނެއެވެ. އެ މަގާމު ހުސްވާނީ އެ މަގާމުގައި ހުންނެވި ޑރ. މުހައްމަދު މުއިއްޒު ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަމުގެ ހުވާ ކުރެއްވުމާއި ހަމައިންނެވެ.

ނިމެންމިދާ ސަރުކާރުގެ ޔޫތު މިނިސްޓަރުގެ މަގާމުގައި ހުންނެވި މަހްލޫފް މާލޭ ސިޓީ މޭޔަރުކަމަށް ކުރިމަތިލައްވާނެކަމަށް އިއުލާނުކުރެއްވީ މިއަދުގެ ވަގުތެއްގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް