ރިޔާސީ އިންތިހާބާ ގުޅިގެން ވަރަށް ގިނަ މައްސަލަ އެބަ ބަލަމު: އޭސީސީ

ރިޔާސީ އިންތިހާބާއި ގުޅިގެން ވަރަށް ގިނަ މައްސަލަ ބަލަމުން އަންނަ ކަމުގައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެފިއެވެ. އެގޮތުން އެ ކޮމިޝަނުން މިއަދު ބުނެފައިވަނީ ރިޔާސީ އިންތިޚާބާ ގުޅިގެން ކޮ...

04 Oct 2023 | 10:12

ރިޔާސީ އިންތިހާބާއި ގުޅިގެން ވަރަށް ގިނަ މައްސަލަ ބަލަމުން އަންނަ ކަމުގައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެފިއެވެ.

އެގޮތުން އެ ކޮމިޝަނުން މިއަދު ބުނެފައިވަނީ ރިޔާސީ އިންތިޚާބާ ގުޅިގެން ކޮމިޝަނަށް މިހާތަނަށް ހުށަހަޅާފައިވަނީ ޖުމްލަ 97 މައްސަލައެއް ކަމަށެވެ.

އެއީ:

  • ސިޔާސީ ޕާޓީތަކުން 3 މައްސަލަ،
  • އިލެކްޝަންސް ކޮމިޝަންގެ ނޭޝަނަލް ކޮމްޕްލެއިންސް ބިއުރޯއިން 5 މައްސަލަ،
  • އަމިއްލަ ފަރުދުން 27 މައްސަލަ،
  • ދައުލަތުގެ އިދާރާތަކުން 1 މައްސަލަ،
  • އަދި ކާކުކަން ނޭނގޭގޮތަށް 61 މައްސަލަ

އެ ކޮމިޝަނުން ބުނެފައިވަނީ ހުށަހެޅި 97 މައްސަލައިގެ ތެރޭގައި،  އެއްކަމަކާ ގުޅޭ ޝަކުވާ ރިޕީޓްކޮށް ހުށަހަޅާފައިވާކަން ފާހަގަކުރެވޭކަމަށާއި  ހުށަހަޅާފައިވާ މައްސަލަތަކުގެ ތެރެއިން 52 މައްސަލައެއް ރަޖިސްޓްރީކޮށް އެ ކޮމިޝަނުން ގެންދަނީ ބަލަމުންކަމަށެވެ.

ރަޖިސްޓްރީ ކުރި މައްސަލަ ތަކުގެ ތެރޭގައި އިންތިޚާބީ ރިޝްވަތުގެ 36 މައްސަލަ، ނުފޫޒު ފޯރުވުމުގެ 11 މައްސަލަ އަދި ދަޢުލަތުގެ މުދަލާއި ވަޞީލަތްތައް ބޭނުންކުރުމުގެ ފަސް މައްސަލަ ހިމެނޭކަމުގައިވެސް ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް