މާލޭ ސިޓީ ކައުންސިލް ހިންގުމުގެ ޒިންމާތަކާއި މަސްއޫލިއްޔަތުތަށް ނަރީޝަށް

މާލޭ ސިޓީ ކައުންސިލް ހިންގުމުގެ ޒިންމާތަކާއި މަސްއޫލިއްޔަތުތައް އެ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު އަހްމަދު ނަރީޝް އާއި ހަވާލުކޮށްފިއެވެ. މޭޔަރުގެ މަގާމުގައި މިވަގުތު ހުންނެވި ޑރ. މުހައްމަދު މުއިއްޒު އެ ...

04 Oct 2023 | 07:50

މާލޭ ސިޓީ ކައުންސިލް ހިންގުމުގެ ޒިންމާތަކާއި މަސްއޫލިއްޔަތުތައް އެ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު އަހްމަދު ނަރީޝް އާއި ހަވާލުކޮށްފިއެވެ.

މޭޔަރުގެ މަގާމުގައި މިވަގުތު ހުންނެވި ޑރ. މުހައްމަދު މުއިއްޒު އެ ޒިންމާތަކާއި މަސްއޫލިއްޔަތުތައް ނަރީޝަށް ހަވާލުކުރެއްވީ މިއަދު ބޭއްވި އެ ކައުންސިލްގެ ބައްދަލުވުމުގައެވެ.

އެ ބައްދަލުވުމުގައި ޑރ. މުއިއްޒު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާ ކުރެއްވުމާއި ހަމައަށް މޭޔަރުގެ ޒިންމާތަކާއި މަސްއޫލިއްޔަތު އަދާކުރުމުގައި ހުރެވިދާނެ ކަމަށާއި އެހެން ނަމަވެސް އިންތިގާލީ މަރުހަލާގެ ކަންކަމަށް ވަގުތާއި އަހަންމިއްޔަތުކަން ދެއްވަން ބޭނުންފުޅުވާތީ ޑެޕިއުޓީ މޭޔަރާއި އެ ޒިންމާތަކާއި މަސްއޫލިއްޔަތުތައް ހަވާލުކުރަން ނިންމެވީ ކަމަށެވެ. އަދި އެކަން އެގޮތަށް ކުރަނީ ގާނޫނީ ގޮތުން އެކަމަށް ހުރަހެއް ނެތްކަން ޔަގީން ކުރެއްވުމަށްފަގައި ކަމަށްވެސް މުއިއްޒު ވިދާޅުވިއެވެ.

ޑރ. މުއިއްޒު ރައީސް ކަމުގެ ހުވާ ކުރައްވާނީ އަންނަ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހުގައެވެ. 30 ސެޕްޓެމްބަރުގައި ނެގި ރިޔާސީ އިންތިހާބުގެ ވޯޓުގެ ދެވަނަ ބުރު ޑރ. މުއިއްޒު ކާމިޔާބުކުރެއްވީ މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް 19 ހާހެއްހާ ވޯޓުން ބަލިކުރައްވައިގެންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް