އިންތިހާބީ ރައީސާއި އިންތިހާބީ ނައިބުރައީސް އިނގިރޭސި ސަފީރާ ބައްދަލުކުރައްވައިފި

ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަމަށް އިންތިހާބުވެވަޑައިގެންނެވި، އިންތިހާބީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާއި އެމަނިކުފާނުގެ އިންތިހާބީ ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފް އިނގިރޭސި ހ...

04 Oct 2023 | 07:29

ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަމަށް އިންތިހާބުވެވަޑައިގެންނެވި، އިންތިހާބީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާއި އެމަނިކުފާނުގެ އިންތިހާބީ ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފް އިނގިރޭސި ހައި ކޮމިޝަނަރާ ބައްދަލުކުރައްވައިފިއެވެ.

މިކަން ހާމަކޮށް ޕީޕީއެމްއިން މިއަދު ބުނެފައިވަނީ އިންތިހާބީ ރައީސާއި އިންތިހާބީ ނައިބުރައީ އިނގިރޭސި ސަފީރާ ބައްދަލުކުރައްވާފައިވާކަމަށާއި އުފެއްދުންތެރި މަޝްވަރާތަކެއް ކުރިއަށްދިޔަ ކަމަށެވެ.

ޑރ. މުއިއްޒާއި ހުސެއިން މުހައްމަދު ލަތީފް އިންތިހާބުވެފައިވަނީ ޕީއެންސީގެ ޓިކެޓުގައި އަދި ރަނިންމޭޓު ގޮތުގައި ވާދަކުރައްވައިގެންނެވެ. ޕީއެންސީން ކެމްޕޭނު ކުރިއަށްގެންގޮސްފައިވަނީ ކުރީއްސުރެ އެ ޕާޓީން ޕީޕީއެމް އާއެކު އެކުލަވާލާފައި އޮންނަ ޕީޕީއެމް/ޕީއެންސީގެ ކޯލީޝަންގެ ގޮތުގައެވެ.

ރައީސް ކަމުގެ ހުވާ މިހާރު އަމަލުކުރަމުން އަންނަ އުސޫލުންނަމަ ޑރ. މުއިއްޒާއި ހުސެއިން މުހައްމަދު ލަތީފް ކުރައްވާނީ އަންނަ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހުގައެވެ. އެހެން ނަމަވެސް ހުވާ ކުރައްވާ ތާރީހު ނޮވެމްބަރު 11 އަށް ބަދަލުކުރެވޭތޯ މަސައްކަތް ކުރައްވަމުން އަންނަ ކަމުގައި މިހާރުގެ ރައީސް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް