ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަކާއި ހަމައިން އަލުން ގަދަވި ނިޒާމީ ވޯޓުގެ ވާހަކަ ޑރ. މުއިއްޒާ ޖެހުމުން ހުއްޓާލަން ނިންމައިފިއެވެ.
މިކަން އިއުލާނުކުރައްވަމުން މިއަދު މަޖިލީހުގެ ރިޔާސަތުގައި އިންނަވައި އެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ އެމަނިކުފާނުވެސް އަދި ޑިމޮކްރެޓުންވެސް ނިޒާމީ ވާހަކަ ކުރިއަށްގެންދަން މިވަގުތު ބޭނުން ނުވާކަން ޑރ. މުއިއްޒު އަރިހުގައި އިއްޔެ ދަންނަވާފައިވާނެކަމަށެވެ.
ރައީސް ނަޝީދު، އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުއާއި ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި އިއްޔެ ބައްދަލުކުރެއްވިއެވެ.
" ދެންނެވިން އިތުރަށް މަޖިލީހަށް އެބަވެޔޭ ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ ގުޅޭގޮތުން ވޯޓެއް ނަގާފަ، އެ މަސަސައްކަތް އެބަދެޔޭ، އެހެން ނަމަވެސް މިހާރު އަޅުގަނޑުވެސް އަދި އެ ވޯޓަށް އެދުނު ޑިމޮކްރެޓިކް ޕާޓީގެ މެންބަރުންވެސް އެދެނީ އެ މަސައްކަތް މިވަގުތު ނުކުރުމަށޭ" ރައީސް ނަޝީދު ވިދާޅުވިއެވެ.
އެ މަސައްކަތް ޕާކުކޮށްލެއްވިކަން ރިޔާސަތުން މިއަދު އިއުލާނުކޮށްފައިވާއިރު ބަރުލަމާނީ ނިޒާމަށް ތާއީދު ނުކުރާން އެމްޑީޕީއާއި އަދާލަތު ޕާޓީން ރޭގައި ނިންމާފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް