މާލޭ ސިޓީ މޭޔަރުކަމަށް މަހްލޫފް ވާދަކުރައްވަނީ

މާލޭގެ މޭޔަރުކަމަށް ވާދަކުރައްވާނެކަން ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފް އިއުލާނުކުރައްވައިފިއެވެ. މަހްލޫފް މިކަން އިއުލާނުކުރެއްވީ މިއަދު ކުރެއްވި ޕޯސްޓެއްގައެވެ. އެ ޕޯސްޓްގައި މަހްލޫފް ވިދާޅުވެފައިވ...

04 Oct 2023 | 05:46

މާލޭގެ މޭޔަރުކަމަށް ވާދަކުރައްވާނެކަން ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފް އިއުލާނުކުރައްވައިފިއެވެ.

މަހްލޫފް މިކަން އިއުލާނުކުރެއްވީ މިއަދު ކުރެއްވި ޕޯސްޓެއްގައެވެ.

އެ ޕޯސްޓްގައި މަހްލޫފް ވިދާޅުވެފައިވަނީ 17 ނޮވެމްބަރުގައި ހުސްވާ މާލޭގެ މޭޔަރު މަގާމުގެ ބައި-އިލެކްޝަންގައި ވާދަކުރުމަށް ނިންމާފައިވާކަމަށެވެ.

"ވީމާ މާލޭގެ އެންމެހާ ރައްޔިތުން ތާއީދުކޮށްދެއްވުމަކީ އަޅުގަނޑުގެ ވަރަށް ބޮޑު އެދުމެކެވެ." މަހްލޫފް ވިދާޅުވެފައިވެއެވެ.

މާލޭ ސިޓީގެ މޭޔަރުގެ މަގާމުގައި މިވަގުތު ހުންނެވި ޑރ. މުހައްމަދު މުއިއްޒު ދިވެހިރާއްޖޭގެ ރައީސްކަމަށް 30 ސެޕްޓެމްބަރުގެ ވޯޓުން ދިވެހި ރައްޔިތުން އިންތިހާބުކޮށްފައި ވުމުން ރައީސުލްޖުމްހޫރިއްޔާކަމުގެ ހުވާ ކުރައްވާ ދުވަހުން ފެށިގެން މޭޔަރުގެ މަގާމު ހުސްވާނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް