ގައުމީ ހޭންޑްބޯލް މުބާރާތް އަންނަމަހު ބާއްވަނީ

10 ވަނަ ގައުމީ ހޭންޑްބޯލް މުބާރާތް އަންނަ މަހު ބޭއްވުމަށް ނިންމާފައި ވާކަމަށް ހޭންޑްބޯލް މޯލްޑިވްސްއިން ބުނެފިއެވެ. ހޭންޑްބޯލް މޯލްޑިވްސް އިން ބުނީ، މިދިޔަ މަހުގެ ބޭއްވުނު އެ އެސޯސިއޭޝަނުގެ ހިންގާ ކޮމ...

03 Oct 2023 | 19:25

10 ވަނަ ގައުމީ ހޭންޑްބޯލް މުބާރާތް އަންނަ މަހު ބޭއްވުމަށް ނިންމާފައި ވާކަމަށް ހޭންޑްބޯލް މޯލްޑިވްސްއިން ބުނެފިއެވެ.

ހޭންޑްބޯލް މޯލްޑިވްސް އިން ބުނީ، މިދިޔަ މަހުގެ ބޭއްވުނު އެ އެސޯސިއޭޝަނުގެ ހިންގާ ކޮމިޓީގެ ބައްދަލުވުމުގައި ނިންމާފައި ވަނީ، އަންނަ މަހުގެ 25 ވަނަ ދުވަހު ގައުމީ ހޭންޑްބޯލް މުބާރާތް ބޭއްވުމަށް ކަމަށެވެ.

އެހެންކަމުން މި މުބާރާތުގައި ބައިވެރުމަށް އެދޭ، އެ އެސޯސިއޭޝަނުގެ މެންބަރު ކްލަބުތަކުން މުބާރާތުގައި ބައިވެރިވުމަށް ރަޖިސްޓްރޭޝަން ފޯމު ފުރިހަމަ ކުރުމަށްފަހު، މި މަހުގެ 30 ވަނަ ދުވަހުގެ ކުރިން އެ އެސޯސިއޭޝަނަށް ފޮނުއްވުމަށް ހޭންޑްބޯލް މޯލްޑިވްސްއިން ވަނީ އެދިފައެވެ.

މުބާރާތުގައި ބައިވެރިވާ ޓީމުތަކުން ޓީމް ލިސްޓް ހުށަހަޅަން ޖެހޭ އެންމެ ފަހު ތާރީޚަކީ އަންނަ މަހުގެ 15 ވަނަ ދުވަހެވެ. އަދި މި މުބާރާތުގެ ގުރުއަތުލުން ބާއްވާނެ ތަނަކާއި ވަގުތު ފަހުން އަންގާނެ ކަމަށް ހޭންޑްބޯލް މޯލްޑިވްސްއިން ބުންޏެވެ.

އިތުރު މައުލޫމާތު ހޯދުމަށް 7779140 / 9879555 އާއި ގުޅުމަށް ހޭންޑްބޯލް މޯލްޑިވްސްއިން ކުރި އިއުލާނުގައި ވަނީ އެދިފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް