ނޫސްވެރިޔާ އަދި ރެފްރީ އައިދާ މަޖިލީހަށް ކުރިމަތި ލަނީ

ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި ވާދަ ކުރާނެ ކަމަށް ނޫސްވެރިޔާ އަދި ރެފްރީ އައިދާ އަބްދުލްހަކީމް ބުނެފިއެވެ. އެކަން ހާމަކޮށް އައިދާ ކުރި ޕޯސްޓެއްގައި ބުނީ، ޕްރޮގްރެސިވް ކޯލިޝަނުން ފަށާފައިވާ އިސް...

03 Oct 2023 | 19:14

ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި ވާދަ ކުރާނެ ކަމަށް ނޫސްވެރިޔާ އަދި ރެފްރީ އައިދާ އަބްދުލްހަކީމް ބުނެފިއެވެ.

އެކަން ހާމަކޮށް އައިދާ ކުރި ޕޯސްޓެއްގައި ބުނީ، ޕްރޮގްރެސިވް ކޯލިޝަނުން ފަށާފައިވާ އިސްލާޙީ މަސައްކަތުގައި މަޖްލީހުގެ ތެރެއިން މަސައްކަތްކޮށް ދާއިރާގެ ރައްޔިތުންގެ އަޑު މަޖްލީހަށް އިއްވައިދިނުމުގެ ޝައުޤުވެރިކަން ހުރުމުންނާއި، ޕޮލިސީލެވެލްގައި އަންހެނުންގެ ބައިވެރިވުން އޮތުމަށްޓަކައި މަޖްލީހުގެ ތަޅުމުގައި އަންހެނުންގެ އަޑު އުފުލުމަށް ޝައުޤުވެރިކަން އެބަހުރި ކަމަށެވެ.

އެހެންކަމުން 2024 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖްލީހުގެ އިންތިޚާބުގައި މަޑަވެލި ދާއިރާގެ ގޮނޑިއަށް ކުރިމަތިލުމަށް ނިންމާފައިވާ ކަމަށް އައިދާ ބުންޏެވެ..
"މިކަމުގައި ތިޔަ ބޭފުޅުންގެ ތާއީދު އަޅުގަނޑަށް ދެއްވައި، ތާއީދު ހޯއްދެވުމަށް މަސައްކަތް ކޮށްދެއްވުމަކީ އަޅުގަނޑުގެ ވަރަށް ބޮޑު އެދުމެއް" އައިދާ ބުންޏެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް