ރޮނާލްޑޯ ދަނޑުމަތިން ނުފެނުމުން ވަރަށް ދެރަވި - ހާލަންޑް

އެންމެ ފަހުން ޕްރިމިއާ ލީގުގައި މެންޗެސްޓަރ ޔުނައިޓެޑާއި ދެކޮޅަށް މެންޗެސްޓަރ ސިޓީ ކުޅުނު ޑާބީ މެޗުގައި ކްރިސްޓިއާނޯ ރޮނާލްޑޯ ދަނޑުމަތިން ނުފެނުމުން ވަރަށް ދެރަވި ކަމަށް މެންޗެސްޓަރ ސިޓީއަށް ކުޅެމުން ...

04 Oct 2022 | 18:22

އެންމެ ފަހުން ޕްރިމިއާ ލީގުގައި މެންޗެސްޓަރ ޔުނައިޓެޑާއި ދެކޮޅަށް މެންޗެސްޓަރ ސިޓީ ކުޅުނު ޑާބީ މެޗުގައި ކްރިސްޓިއާނޯ ރޮނާލްޑޯ ދަނޑުމަތިން ނުފެނުމުން ވަރަށް ދެރަވި ކަމަށް މެންޗެސްޓަރ ސިޓީއަށް ކުޅެމުން އަންނަ ނޯވޭ ފޯވަޑް އާލިން ހާލަންޑް ބުނެފިއެވެ.

ހާލަންޑް ބުނީ އެ މެޗުގައި ރޮނާލްޑޯ ކުޅޭކެމަށް ވަރަށް އުންމީދު ކުރެވުނު ކަމަށާއި ނަމަވެސް މެޗު ނިމުނު އިރުވެސް ދަނޑުމަތިން ނުފެނުމުން ވަރަށް ދެރަވިކަމަށެވެ. ހާލަންޑް ބުނީ އޭނާ ހުރީ އެ މެޗުގައި ރޮނާލްޑޯއާއި އެކު ކުޅެލަން ވަރަށް ބޭނުންވެފައި ކަމަށެވެ. އަދި ރޮނާލްޑޯ އަކީ އެއީ އޭނާގެ އައިޑޮލް ނުވަތަ ނަމޫނާއަކަށް ބަލާ ކުޅުންތެރިއާ ކަމަށް ހާލަންޑް ބުންޏެވެ.

" މެންޗެސްޓަރ ޑާބީ މެޗުގައި ރޮނާލްޑޯ ދަނޑުމަތިން ފެންނާނެ ކަމަށް ވަރަށް އުންމީދު ކުރިން. ނަމަވެސް މެޗު ނިމުނު އިރުވެސް ރޮނާލްޑޯ ނުފެނުމުން ދެރަވި. އަހަރެން ހުރީ ވަރަށް ބޮޑަށް ރޮނާލްޑޯއާއި އެކު ކުޅެލަން ބޭނުންވެފަ. ނަމަވެސް އެ ފުރުސަތު ގެއްލުމުން ދެރަވި. ރޮނާލްޑޯ އަކީ ހަރަރެންގެ އައިޑޮލް. އަހަރެން ނަމޫނާއަކަށް ބަލާ ކުޅުންތެރިޔާ." ހާލަންޑް ބުންޏެވެ.

ސިޓީއާއި ދެކޮޅަށް ޔުނައިޓެޑު ކުޅުނު މި މެޗުގައި ރޮނާލްޑޯއަށް ފުރުސަތު ދީފައެއް ނުވެއެވެ. މި މެޗުން ޔުނައިޓެޑު ބަލިވީ 3-6 ގެ ނަތީޖާއިންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް