އުޅަނދެއްގެ ބައެއް އޮޔާދާތީ ސަމާލުވާން އިލްތިމާސްކޮށްފި

އުޅަނދެއްގެ ބައެއް އޮޔާދާތީ ދަތުރުކުރާ ފަރާތްތަކުން އެކަމަށް ސަމާލުވުމަށް އިލްތިމާސްކޮށްފިއެވެ. އެގޮތުން އެމްއެންޑީއެފުން މިރޭ ބުނެފައިވަނީ ބ.ތުޅާދޫގެ ހުޅަނގު އުތުރުން 7.7 ނޯޓިކަލް މޭލު ބޭރުން އުޅަނދެ...

04 Oct 2022 | 18:16

އުޅަނދެއްގެ ބައެއް އޮޔާދާތީ ދަތުރުކުރާ ފަރާތްތަކުން އެކަމަށް ސަމާލުވުމަށް އިލްތިމާސްކޮށްފިއެވެ.

އެގޮތުން އެމްއެންޑީއެފުން މިރޭ ބުނެފައިވަނީ ބ.ތުޅާދޫގެ ހުޅަނގު އުތުރުން 7.7 ނޯޓިކަލް މޭލު ބޭރުން އުޅަނދެއްގެ ބައެއް އޮޔާދާ ކަމުގެ މަޢުލޫމާތު ލިބިފައިވާތީ، އެ ސަރަހައްދުން ދަތުރުކުރާ ފަރާތްތަކުން އެކަމަށް ސަމާލުވުމަށް އިލްތިމާސް ކުރާކަމަށެވެ.

އެ އުޅަނދުގެ ބައެއް އޮޔާދާކަމުގެ މަޢުލޫމާތު ލިބިފައިވަނީ އެ ސަރަހައްދުން އިރުދެކުނަށް ކަމަށާއި އެހެން ކަމުން އެ ސަރަޙައްދުން ދަތުރު ކުރައްވާ ފަރާތްތަކުން މިކަމަށް ސަމާލުކަން ދެއްވުމަށާއި އަދި ރޭގަނޑު ދަތުރުކުރައްވާ ފަރާތްތަކުން މި ސަރަހައްދުން ދަތުރު ކުރެއްވުމުގައި ޚާއްޞަ ސަމާލުކަމެއްދެއްވުމަށް ވެސް ދަންނަވާކަމުގައި އެމްއެންޑީއެފުން ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް