އެމެރިކާގެ ނޫސް އެޖެންސީ ސީއެންއެން އާއި ދެކޮޅަށް އެ ގައުމުގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަބުރުގެ ދައުވާ ކޮށްފި އެވެ.
ޓްރަމްޕްގެ ގާނޫނީ ވަކީލުންގެ ޓީމުން ނެރުނު ބަޔާނެއްގައި ބުނީ އަބުރުގެ ދައުވާ އުފުލީ ޓްރަމްޕަށް ނިސްބަތްކޮށް ސީއެންއެންއިން "ދި ބިގް ލައި" ކިޔާތީ ކަމަށެވެ. އޭގެ ބަދަލެއްގެ ގޮތުގައި ސީއެންއެން އަތުން 475 މިލިއަން އެމެރިކާ ޑޮލަރު ނަގައި ދިނުމަށް އެދިފައިވެ އެވެ.
މި މައްސަލަ ހުށަހަޅާފައިވަނީ އެމެރިކާގެ ފްލޮރިޑާ ސްޓޭޓްގެ ޑިސްޓްރިކްޓު ކޯޓަކަށެވެ.
ހުށަހެޅި މައްސަލައިގަ ޓްރަމްޕް ވިދާޅުވެފައިވަނީ 2021 ވަނަ އަހަރުން ފެށިގެން މިހާތަނަށް 7،700 ފަހަރު ޓްރަމްޕަށް ނިސްބަތްކޮށް ސީއެންއެންގެ ރިޕޯޓުތަކުގައި "ދި ބިގް ލައި" ބޭނުން ކޮށްފައިވާ ކަމަށެވެ. އެގޮަގޮތަށް ނިސްބަތްކޮށް ލިޔުމުންނާއި ކިޔުމުން އޭނާގެ އަބުރު ގެއްލި، މީހުން އޭނާދެކެ ބިރު ގަނެ، ރުޅި އަންނަ ކަމަށާއި ސިޔާސީ ކެރިއަރަށްވެސް ވަރަށް ބޮޑަށް އަސަރު ކޮށްފައިވާ ކަމަށެވެ.
ޓްރަމްޕަށް ނިސްބަތްކޮށް ސީއެންއެންއިން "ދި ބިގް ލައި" ކިޔަން ފެށީ 2020 ވަނަ އަހަރުގެ އެމެރިކާގެ ރިޔާސީ އިންތިހާބު ޓްރަމްޕަށް ނާކާމިޔާބުވީ ވޯޓު އޮޅުވާލައިގެން ކަމަށް އޭނާ ނިސްބަތްވާ ރިޕަބްލިކަން ޕާޓީން ކިޔަން ފެށުމުންނެވެ.
މި މައްސަލައިގަ މީޑިއާގައި އެއްޗެއް ބުނަން ސީއެންއެންއިން ވަނީ ދެކޮޅު ހަދާފަ އެވެ. އެކަމަކު މީގެ ތިން މަސް ކުރިން ސީއެންއެންގެ ޗީފް އެޑިޓަރު ވަނީ ވަރަށް ސިއްރު ބައްދަލުވުމެއްގައި ޓްރަމްޕަށް ނިސްބަތްކޮށް "ދި ބިގް ލައި" ކިޔުން ހުއްޓާލުމަށް އެތަނުގެ ނޫސްވެރިންނަށް އަންގާފަ ކަމަށް އެތަނުގެ ނޫސްވެރިން މީޑިއާގައި ބުނެފައިވެ އެވެ.
ޓްރަމްޕް ވަނީ އެ ދުވަސްވަރު ކުރެއްވި ޓުވީޓެއްގެ މައްސަލައިގެ މައްސަލައިގަ ޓުވިޓާއިން ބޭރިކޮށް އޭނާގެ އެކައުންޓު އުމުރަށް ޑީއެކްޓިވޭޓު ކުރުމުން އެ ކުންފުންޏާއި ދެކޮޅަށްވެސް ދައުވާ އުފުލާފައި އެވެ. މީގެ އިތުރުން އެހެން ނޫސް އެޖެންސީ ތަކަކާއި ދެކޮޅަށްވެސް ދައުވާ ކުރަން ތައްޔާރުވަމުންދާ ކަމަށް ޓްރަމްޕް ވިދާޅުވެފައި ވެއެވެ.
ގިނަ ނޫސްތަކާއި ދެކޮޅަށް ދައުވާ ކުރަން ނިންމައި އެކަން ފަށާފައިވާއިރު ކުރިޔަށް އޮތް އެމެރިކާގެ ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާނެކަމަށް ޓްރަމްޕް ވިދާޅުވެފައިވާ ކަމަށްވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް