އަމީނީ މަގު އަލުން ހަދަމުން އަންނަގޮތުން ތޮއްޖެހުން އިތުރަށް ގޯސްވެދާނެކަމުގައި މާލޭ ސިޓީގެ މޭޔަރ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މޭޔަރު މުއިއްޒު މިހެން ވިދާޅުވީ މިއަދު ކުރެއްވި ޓްވީޓެއްގައެވެ.
އެ ޓްވީޓްގައި މުއިއްޒު ވިދާޅުވެފައިވަނީ އަމީނީމަގު ހަދަމުންދަނީ ޕޭވްމަންޓް ވަރަށް ފުޅާކޮށް މަގުގެ ދުއްވަން އޮންނަބައި 25 ފޫޓުން 21 ފޫޓު 10 އިންޗިއަށް ހަނިކޮށްގެން ކަމަށެވެ.
"މަގުގެ ތޮއްޖެހުން އިތުރަށް ގޯސްވާނެކަމަށް ފެނޭ" މުއިއްޒު ވިދާޅުވެފައިވެއެވެ.
https://twitter.com/MMuizzu/status/1577264454517264385
މުއިއްޒު އިތުރަށް ވިދާޅުވެފައިވަނީ ބިމުގެ އަޑިއަށްލުމަށް ކުރިން ނިންމާފައިވާ "ކޭބަލް ޓްރޭ" އަނެއްކާވެސް ފެންނަނީ ބިމުން މަތީގައި ހަދަމން އަންނަތަން ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް