އެންމެ 97 ޑޮލަރަށް އޭއޭއީގެ އަބޫ ދާބީން ރާއްޖެއަށް އަދި ރާއްޖެއިން ޔޫއޭއީގެ އަބޫ ދާބީއަށް ދަތުރުކޮށްލެވޭ ބަޖެޓް އެއާލައިން ވިޒް އެއާގެ ދަތުރުތައް ފަށައިފިއެވެ.
މިއަދު މި އެއާލައިންގެ ފުރަތަމަ ދަތުރު އަބޫ ދާބީން ރާއްޖެއަށް ކޮށްފައިވާއިރު މި އޮކްޓޯބަރުގައި ކޮންމެ ހަފްތާއެއްގައި ހަތަރު ދަތުރުކުރާނެކަމުގައި އެ އެއާލައިނުން ބުނެފައިވެއެއެވެ. އެއީ އަންގާރަ، ބުރާސްފަތި، ހޮނިހިރު އަދި އާދީއްތަ ދުވަހުއެވެ. އަދި ނޮވެމްބަރު މަހު ހަފްތާއަކު ހަ ފަހަރު އަދި އެއަށްފަހު ޑިސެމްބަރުން މަހުން ފެށިގެން ހަފްތާގެ ހުރިހާ ދުވަހެއްގައި ދަތުރުކުރާނެކަމުގައިވެސް އެ އާލައިނުން ބުނެފައިވެއެވެ.
އެ އެއާލައިނުން ބުނެފައިވާގޮތުގައި ދަތުރުގެ ޓިކެޓް މިހާރު ވިޒް އެއާގެ ވެބްސައިޓް "wizzair.com" އިން އަދި ވިޒް އެއާގެ މޯބައިލް އެޕުން ލިބެން ހުންނާނެއެވެ. އަދި ދަތުރަށް ފުރުމުގެ އެންމެ ތިން ގަޑިއިރު ކުރިން ދަތުރު ކެންސަލް ކުރަން ބޭނުންވި ނަމަވެސް 100 އިންސައްތަ އަނބުރާ އެއާލައިން ކްރެޑިޓްގެ ގޮތުގައި ވަގުތުން ލިބިގެންދާނެކަމުގައިވެސް އެ އެއާލައިނުން ބުނެފައިވެއެވެ.
މި އެއާލައިންގެ ދަތުރުތައް ރާއްޖެއަށް ފަށާނެކަން އިއުލާނުކުރީ މި އަހަރުގެ ޖުލައި މަހުގެ ތެރޭގައެވެ. މި އެއާލައިން ފަށާކަން އިއުލާނުކުރުމާއެކު މި އެއާލައިންގެ އަގު ހެޔޮކަމުން ދިވެހިންގެ މެދުގައި ދިވެހި އެއާލައިންތަކުން ނަގާ ޓިކެޓްގެ އަގު ބޮޑުކަމުން އެކަމުގެ ޝަކުވާ ސޯޝަލް މީޑިއާގައި ބަންޑުންކޮށްލިއެވެ. ވިޒް އެއާލައިން އިން އަބޫދާބީއާއި ރާއްޖެއާއި ދެމެދު އެންމެ 97 ޑޮލަރަށް ދަތުރުކޮށްލެވޭއިރު ރާއްޖޭގެ އެއާލައިންތަކުގައި އެތެރޭގެ އުދުމުގެ ޓިކެޓްތައްވެސް އުޅެނީ ގާތްގަނޑަކަށް އެ އަގުގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް