ރާއްޖެ އައިސް މަހަކަށް ވާހިތުން އުޅެފައި ޕަރީނީތީ ފުރައިގެން ގޮސްފި

ބޮލީވުޑް ބަތޮލާ ޕަރީނީތީ ޗޯޕްރާ ރާއްޖެއަށްކުރި ޗުއްޓީ ދަތުރު ނިންމާލުމަށްފަހު އެނބުރި ގައުމަށް ގޮސްފިއެވެ. ޕަރީނީތީ ދިޔައީ އޭނާގެ ކުރު ޗުއްޓީގެ ފޮޓޯތައް އޭނާގެ އިންސްޓަގްރާމް އެކައުންޓަށް ދޫކުރަމުންނެ...

04 Oct 2022 | 09:07

ބޮލީވުޑް ބަތޮލާ ޕަރީނީތީ ޗޯޕްރާ ރާއްޖެއަށްކުރި ޗުއްޓީ ދަތުރު ނިންމާލުމަށްފަހު އެނބުރި ގައުމަށް ގޮސްފިއެވެ.

ޕަރީނީތީ ދިޔައީ އޭނާގެ ކުރު ޗުއްޓީގެ ފޮޓޯތައް އޭނާގެ އިންސްޓަގްރާމް އެކައުންޓަށް ދޫކުރަމުންނެވެ.

އެގޮތުން އެންމެ ފަހުން ދޫކުރި ޕޯސްޓްގައި އުއްޑުން މޫދުގައި އޮތް ފޮޓޯއަކާއެކު ކޮށްފައިވާ ޕޯސްޓްގައި ބުނެފައިވަނީ އަބަދުވެސް މަހަކަށް ވާން ބޭނުންވާކަމަށެވެ.

އިތުރަށް ބުނެފައިވަނީ އެނބުރި ދެން މިދަނީ "ކޯޑް ނޭމް ތިރަންގާ" ގެ ޕްރޮމޯޝަންގެ މަސައްކަތަކަށް ކަމަށެވެ.

ފިލްމު ތިރަންގާގެ ޝޫޓިން ނިންމާލާފައިވާއިރު ފިލްމު ރިލީޒްކުރަން ހަމަޖެހިފައިވަނީ މި ހިނގާ އޮކްޓޯބަރު މަހުގެ 14 ވަނަ ދުވަހުގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް