ޔާމީނަށް ނުދީ ނަޝީދަށް އެވޯޑު ދިނުމުން މެމްބަރު ޝިޔާމް ކޯފާވެއްޖެ!

ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ނުދީ ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ޕްރެސިޑެންޓްސް ގޯލްޑަން އެވޯޑު ދިނުމުން ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ކޯފާވެއްޖެ އެވެ. މި އެވޯޑަކީ ރާއްޖޭގެ ޓޫރިޒަމް ...

04 Oct 2022 | 08:06

ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ނުދީ ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ޕްރެސިޑެންޓްސް ގޯލްޑަން އެވޯޑު ދިނުމުން ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ކޯފާވެއްޖެ އެވެ.

މި އެވޯޑަކީ ރާއްޖޭގެ ޓޫރިޒަމް ދާއިރާއަށް މިދިޔަ 50 އަހަރު މުހިންމު ހިދުމަތްތަކެއް ކޮށްދެއްވާފައިވާ ފަރާތްތަކުގެ އަގު ވަޒަންކޮށް ރައީސް ދެއްވި އެވޯޑެކެވެ. މި އެވޯޑު ދިނީ އިއްޔެ ފާހަގަ ކުރި ރާއްޖޭގެ ފުރަތަމަ ޓޫރިޒަމް ދުވަހުގެ މުނާސަބަތުގައި ބޭއްވި ގާލާ އިވެންޓުގައި އެވެ.

ނަޝީދުއަށް މި އެވޯޑު ލިބިވަޑައިގެންނެވީ އެމަނިކުފާނުގެ ވެރިކަމުގައި ރާއްޖެއަށް ގެސްޓު ހައުސް ވިޔަފާރި ތައާރަފު ކުރުމުގެ އަގު ވަޒަން ކޮށެވެ. ރާއްޖެއަށް ގެސްޓް ހައުސް ވިޔަފާރި ތައާރަފުވެގެން ދިޔައީ އެމަނިކުފާނުގެ ވެރިކަމުގައި 2010 ވަނަ އަހަރު އެވެ.

މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ޝިޔާމް ވިދާޅުވީ އެ ހަފްލާގައި ރައީސް ޔާމީނަށް އެވޯޑެއް ނުލިބި ނަޝީދަށް ލިބިވަޑައިގެންނަވަން ޖެހޭ ސަބަބެއް ނުވިސްނުނު ކަމަށެވެ. އަދި ޔާމީނަށް ނުދީ ނަޝީދަށް އެވޯޑެއް ލިބިވަޑައިގެންނަވާނެ ކަމަށް ގަބޫލުވެސް ނުކުރައްވާ ކަމަށް ވިދާޅުވި އެވެ.

ޝިޔާމް ވިދާޅުވީ ރައީސް ޔާމީނަކީ މިގައުމުގެ ތަރައްގީއަށް ގިނަ މަސައްކަތްތަކެއް ކުރައްވާފައިވާ ބޭފުޅެކެވެ.

ރާއްޖެއަށް ޓޫރިޒަމް ތައާރަފުވި ފަހުން އެ ދާއިރާ ކުރިއެރުމަށް މަސައްކަތް ކުރެއްވި ރައީސުންގެ ތެރޭގައި ރޭގެ ހަފްލާގައި އަގު ވަޒަން ކޮށްފައިވަނީ ރައީސް މަރުހޫމް އިބްރާހިމް ނާސިރާއި މައުމޫން އަބްދުލް ގައްޔޫމާއި ނަޝީދުގެ ނަންފުޅެވެ.

ރޭގެ ހަފްލާގައި ނައިބު ރައީސް ފައިސަލް ނަސީމް ހިމެނޭ ގޮތަށް 77 ފަރާތަކަށް މި އެވޯޑު ދީފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް