ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މާދަމާ ރަސްމީ ދަތުރުފުޅެއްގައި ބަހްރެއިނަށް ވަޑައިގެންނަވަން ހަމަޖެހިއްޖެ އެވެ.
މި ދަތުތުރުފުޅުގައި އެމަނިކުފާނު ފުރާވަޑައިގެންނަވާނީ މާދަމާ އެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވީ ރައީސްގެ މި ދަތުރުފުޅަކީ އެގައުމުގެ ރަސްގެފާނު ހަމަދް ބިން އީސާ އަލް ހަލީފާ ދެއްވި ދައުވަތަކަށް ކުރައްވާ ދަތުރުފުޅެއް ކަމަށެވެ.
މި ދަތުފުޅަށް ފަހު އެނބުރި ރާއްޖެ ވަޑައިގެންނަވާނީ މިމަހުގެ އަށް ވަނަ ދުވަހު އެވެ. މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހުމަދު ބައިވެރިވެވަޑައިގެންނަވާ ކަމެއް އަދި ނޭނގެ އެވެ.
ރައީސްގެ ދެކަނބަލުން އެންމެ ފަހުން ރާއްޖެއިން ބޭރަށް ވަޑައިގެންނެވީ މިދިޔަ މަހުގެ 16-22 އަށް އިނގިރޭސިވިލާތަށެވެ. އެއީ އެގައުމުގެ ކުރީގެ ރާނީ އެލިޒަބަތު ދޭއްގެ ޖަނާޒާގައި ބައިވެރިވެވަޑައިގެންނެވުމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް