ޑެންގީ ޖެހިގެން ފަރވާ ދެމުންދިޔަ އިތުރު މީހަކު މަރުވެއްޖެ އެވެ.
މަރުވަފައިވަނީ އއ. ތޮއްޑޫއަށް ނިސްބަތްވާއުމުރުން19 އަހަރުގެ ޒުވާނެކެވެ. އޭނާ މަރުވީ އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާ ދެމުން ދަނިކޮށެވެ.
އެމީހާއަށް ފަރުވާ ދެމުން ދިޔައީ އައިޖީއެމްއެޗު ހޮސްޕިޓަލްގައި ކަމަށް ބައެއް ނޫސްތަކުގައި ރިޕޯޓު ކުރި އެވެ. އެކަމަކު އައިޖީއެމްއެޗު މީޑިއާއިން ވަނީ އެ ހޮސްޕިޓަލުގައި މިއަދު ޑެންގީ ޖެހިގެން މީހަކު މަރުވެފައި ނުވާކަމަށް "ދުވަސް" އަށް މައުލޫމާތު ދެމުން ބުނެފައި އެވެ.
މިއީ މިދިޔަ24 ގަޑިއިރު ތެރޭގައި ޑެންގީ ޖެހިގެން މަރުވި ދެވަނަ މީހާ އެވެ. އިއްޔެ މަރުވެފައިވަނީ އައިޖީއެމްއެޗުގައި ފަރުވާމުން ދިޔަ އުމުރުން އަށް އަހަރު ކުޑަކުއްޖެކެވެ.
ޑެންގީ ގައި ދެ މީހަކު މަރުވެފައި މިވަނީ އެ ބަލި ފެތުރޭތީ ސަމާލުވުމަށް އެޗްޕީއޭއިން އިލްތިމާސް ކުރާތާ ދެ މަަހަށްވުރެ ގިނަ ދުވަސްވެފައި ވަނިކޮށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް