އަޖޭ ދަރިފުޅު ނީސާ ޓިކްޓޮކް ކުޅެމުން ގޮސް ރައްޓެއްސެއްގެ މޫނުގައި ޖަހައިފި!

ބޮލީވުޑްގެ ބަތަލް އަޖޭ ދޭވްގަންގެ ދަރިފުޅު ނީސާ ދޭވްގަން ޓިކްޓޮކް ކުޅެނިކޮށް އޮޅިގެން ރަހުމަތްތެރިއެެއްގެ މޫނުގައި ޖެހިއްޖެ އެވެ. އެ ވީޑިއޯ އޭނާ ވަނީ ޓިކްޓޮކްގައި ހިއްސާކޮށްފަ އެވެ. އަދި ނީސާގެ އިންސް...

04 Oct 2021 | 17:55

ބޮލީވުޑްގެ ބަތަލް އަޖޭ ދޭވްގަންގެ ދަރިފުޅު ނީސާ ދޭވްގަން ޓިކްޓޮކް ކުޅެނިކޮށް އޮޅިގެން ރަހުމަތްތެރިއެެއްގެ މޫނުގައި ޖެހިއްޖެ އެވެ.

އެ ވީޑިއޯ އޭނާ ވަނީ ޓިކްޓޮކްގައި ހިއްސާކޮށްފަ އެވެ. އަދި ނީސާގެ އިންސްޓަގްރާމް ފޭން ޕޭޖުގައިވެސް ހިއްސާކޮށްފައި އެވެ.

ވީޑިއޯއިން ފެންނަނީ އިނގިރޭސި ލަވަޔަކަށް ޑާންސް ކުރުމަށް އޭނާ ކެމެރާ ސެޓުކުރުމަށް ފަހު ގޮސް ނަށަން ފަށާތަނެވެ. ފަހަތުގައި އެނދުމަތީގައި އޭނާގެ އެކުވެރިޔާ ފޯނާއި ކުޅެން އިނުމަށް ފަހު ނީސާ ނަޝަން ފެށުމުން ފޯނާއި ކުޅުން ހުއްޓާލައި ސަމާލުކަން ދޭތަން ފެނެ އެވެ.

ނީސާ ނެށުމަށް ފޯރިނަގަން އަތް ނަގާލައި ހަދާ ގޮތަކުން އަތް ޖެހެނީ ފަހަތުގައި އިންނަ އެކުވެރިޔާ މޫނުމަތީގައި އެވެ.

ނީސާ އަކީ އަޖޭ އާއި ކާޖޮލްގެ ދަރިއަކަށްވިޔަސް އޭނާ އަކީ މާ މަޝްހޫރުކަން ހޯދަން ބޭނުންވާ އަދި މީހުންގެ ސަމާލުކަން ހޯދަން މަސައްކަތް ކުރާ ކުއްޖެއް ނޫނެވެ. ނީސާ ތައުލީމު ހާސިލް ކުރަމުންދަނީ ސިންގަޕޫރުގައި އެވެ.

އޭނާ ވަނީ މިދިޔަ އަހަރު މަޝްހޫރު މީހުންގެ ދަރިއަކަށްވުމުން އޭނާއަށް ވާ އުނދަގުލާއި ތަހައްމަލް ކުރަންޖެހޭ ކަންތައްތައް ހިއްސާކޮށް ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް