ހިޔާ ފްލެޓެއްގެ ބިއްލޫރިތައް ތަޅައިގެން ދިޔައީ ފެންވަރު ދަށްވެގެންނެން ނޫން، އެއްޗަކުން ޖެހިގެން!

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތް ކޮށްފައިވާ ހިޔާ ފްލެޓުތަކުގައި ޖަހާފައިވާ ބިއްލޫރިތަކުގެ ފެންވަރު ދަށް ނޫން ކަމަށް ހައުސިން ޑިވެލޮޕްމެންޓު ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފި އެވެ. ދެ ފްލެޓެއްގެ ބ...

04 Oct 2021 | 16:27

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތް ކޮށްފައިވާ ހިޔާ ފްލެޓުތަކުގައި ޖަހާފައިވާ ބިއްލޫރިތަކުގެ ފެންވަރު ދަށް ނޫން ކަމަށް ހައުސިން ޑިވެލޮޕްމެންޓު ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފި އެވެ.

ދެ ފްލެޓެއްގެ ބެލްކަނީ އަދި ބެލްކަނި ކައިރި ކޮޓަރީގެ ބިއްލޫރިގަނޑު ތަޅައިގެން ގޮސްފައިވާ ކަމަށް ބުނެ އިއްޔެ ވަނީ ސޯޝަލް މީޑިއާގައި ފޮޓޯތަކެއް އާންމުވެފައި އެވެ. އަދި އެއީ ފްލެޓުތަކުގެ ފެންވަރު ދަށްކަމުންނާއި ބިއްލޫރީގެ ފެންވަރު ދަށްކަމުންވީ ކަމެއް ކަމަށްބުނެ ގިނަ ބަޔަކު ދިޔައީ ފާޑުކިޔަމުންނެވެ.

އެޗްޑީސީން މިއަދު ބުނީ އެ ދެ ހާދިސާ މިހާޜު ތަހުގީގު ކޮށް ކަން ހިނގާދިޔަ ގޮތް ބަލާފައިވާ ކަމަށެވެ. ތަޅައިގެންދިޔައީ އެޗް 3 އަދި އެޗް 4 ގައި ހުރި ދެ އެ ޕާޓުމެންޓެއްގައި ކަމަށް އެޗްޑީސީން ބުނެއެވެ.

އެޗް 3 ގެ ބިއްލޫރިގަނޑު ތަޅައިގެން ދިޔައީ އެއްޗަކުން ޖެހިގެންކަން ތަހުގީގަށް އެނގިފައިވާ ކަމަށް އެ ކުންފުނިން ބުނެއެވެ. އަދި އެޗް 4 ބިއްލޫރި ތަޅައިގެން ގޮސްފައި ވަނީ ބިއްލޫރިގަނޑު ނައްޓާފައި ހުއްޓައެވެ. ތަޅައިގެން ދިޔަ ސީދާ ސަބަބެއް ނޭނގޭ ކަމަށް އެ ކުންފުނިން ބުނެއެވެ.

ހިޔާ ފުލެޓުތަކުގެ ދޮރުގައި ބިއްލޫރި ހަރުކޮށްފައި ހުންނަތާ ދެ އަހަރަށްވުރެ ގިނަ ދުވަސްވެފައި ވާއިރު މިހާތަނަށް ބިއްލޫރިގަނޑު ތަޅައިގެންދިއުމުގެ ހާދިސާއެއް ހިނގާފައި ނުވާކަން އެޗްޑީސީން ފާހަގަކުރިއެެވެ.

އެޗްޑީސީން ބުނެފައިވަނީ އެ ފުލެޓުތަކުގައި ހަރުކޮށްފައިވާ ބިއްލޫރީގެ ފެންވަރާމެދު ސުވާލު އުފައްދާނެ ކަމެއް ފާހަގަ ކުރެވިފައި ނުވާކަމަށެވެ. ހިޔާ ފުލެޓުތަކުގައި ހަރުކޮށްފައިވަނީ ހޫނުގެ ސަބަބުން ފަސޭހައިން ތަޅައިގެން ނުދާ އަދި ތަޅައިގެން ދާ ހާލަތުގައިވެސް ގެއްލުން ކުޑަވާނެ ޒާތުގެ "ޓެމްޕާޑް ގްލާސް" ކަމަށްވެސް އެޗްޑީސީން ވަނީ ބުނެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް