އުފާވެރި ޚަބަރެއް: ޝިފާ ހޮސްޕިޓަލުން ޑިސްޗާޖުކޮށްފި – މިހާރު އުޅެނީ މަސައްކަތައިގެން އަވަދިނެތި

ފާއިތުވި ސެޕްޓެމްބަރ މަހަކީ ޓިކްޓޮކް ކުޅޭ ފަރާތްތަކަށް އެެހާ އުފާވެރި މަހަކަށް ނުވެދާނެ އެވެ. އެއީ ޓިކްޓޮކް ކުޅެވުނު އަދަދު މަދުވެގެނެއް ނޫނެވެ. އަދި އެމީހުންގެ ފޭނުން މަދުވެގެނެއް ވެސް ނޫނެވެ. ޓިކްޓޮ...

04 Oct 2021 | 15:14

ފާއިތުވި ސެޕްޓެމްބަރ މަހަކީ ޓިކްޓޮކް ކުޅޭ ފަރާތްތަކަށް އެެހާ އުފާވެރި މަހަކަށް ނުވެދާނެ އެވެ. އެއީ ޓިކްޓޮކް ކުޅެވުނު އަދަދު މަދުވެގެނެއް ނޫނެވެ. އަދި އެމީހުންގެ ފޭނުން މަދުވެގެނެއް ވެސް ނޫނެވެ.

ޓިކްޓޮކް ތަރި މަރިޔަމް ޝިފާގެ ހާލު ދެރަވެގެން ހޮސްޕިޓަލުގައި އެނދުމަތި ކުރުމުން ނެވެ.

އޭނާގެ ހާލު ދެރަވެގެން އޭޑީކޭ ހޮސްޕިޓަލުގައި އެނދުމަތިކުރީ މިދިޔަ ސެޕްޓެމްބަރ މަހުގެ 28 ވަނަ ދުވަހު އެވެ.

ޝިފާ ބަލިވެ އުޅޭތާ ދުވަސްކޮޅެއް ވެފައިވާ އިރު، އެދުވަހު އޭނާ ކުއްލިގޮތަކަށް އެނދުމަތިކުރަން ޖެހުނީ ކީއްވެގެންކަން ހާމަކުރަން ޝިފާ ބޭނުމެއް ނުވެ އެވެ.

ދުވަސްއެމްވީއަށް ޝިފާ މިއަދުބުނީ ހާލު މިހާރު ވަރަށް ބަރާބަރު ކަމަށާއި މަސައްކަތައިގެން ކުރިއަށްދަނީ ކަމަށެވެ.

ސެޕްޓެމްބަރ 28 ގައި ޝިފާ އޭޑީކޭ ގައި އެނދުމަތި ކުރިފަހުން ވެސް އޭނާ ވަނީ ޢާންމުންނަށް ޓިކްޓޮކެއް ހަދިޔާ ކޮށްފަ އެވެ.

އެގޮތުން ސެޕްޓެމްބަރ 30 ވަނަ ދުވަހު އޭނާ އާންމުކޮށްފައިވާ ޓިކްޓޮކްގައި އޭނާއާ އެކު އެހެން ފިރިހެން ބައިވެރިއަކު ވަނީ ހަރަކާތްތެރިވެފަ އެވެ. އަދި އެ ޓިކްޓޮކުން ޝިފާއަށް "ވަރަށްބޮޑަށް ޝިފާ" ލިބިފައިވާކަން ހާމަވެ އެވެ.

ޝިފާ އަކީ ނެށުމުގެ ދާއިރާ އާއި ބައެއް ފިލްމްތަކާއި ޑްރާމާ އަދި ބައެއް ލަވަތަކުން ގިނަ ބައެއްގެ ހިތް ދަމައިގެންފައިވާ ފަންނާނެކެވެ.

މީގެ އިތުރުން އިޝްތިހާރުތަކާއި ބައެއް ޕްރޮގްރާމްތަކުން ވެސް ޝިފާ އަންނަނީ ގިނަ ބައެއްގެ ހިތްތަކުން ޖާގަ ހޯދަމުން ނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް