ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ސޯޝަލް މީޑިއާގައި އިންޒާރު ދިން މައްސަލައެއްގައި ބަލަން ފަށައިފި އެވެ.
ސޯޝަލް މީޑިއާ މީހަކު ކުރި ކޮމެންޓެއްގައި ވަނީ ރައީސް ޔާމީނަކީ މަރަންޖެހޭ މީހެއް ކަމަށެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ޔާމީނަށް މަރުގެ އިންޒާރު ދިން މައްސަލައެއް ފުލުހުންގެ އިދާރާގެ ސަމާލު ކަމަށް އައިސްފައިވާ ކަމަށެވެ.
އަދި އެ އިންޒާރާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.
ރައީސް ޔާމީން ގެންދަވަނީ މަނީލޯންޑަރިންގެ ކުށް ސާބިތުވެ ފަސް އަހަރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ. އެކަމަކު މިވަގުތު ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވަނީ ގޭބަންދުގައި ހުންނަވައިގެންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް