އުއްތަމަ ފަނޑިޔާރުގެ ގެކޮޅުގެ ސެކިއުރިޓީ ހަލާކުކޮށް، އެ ގެކޮޅަށް ވަންނަން އުޅުނު މީހާގެ ބަންދަށް 7 ދުވަސް

އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާނުގެ ގެކޮޅުގެ ސެކިއުރިޓީ ހަލާކުކޮށް، އެ ގެކޮޅަށް ވަންނަން އުޅުނު މީހާގެ ބަންދަށް 7 ދުވަސް ޖަހައިފި އެވެ. ފުލުހުން ބުނީ މި މައްސަލާގައި ތުހުމަތުގައި ހައްޔަރުކޮށްފައި...

04 Oct 2021 | 13:47

އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާނުގެ ގެކޮޅުގެ ސެކިއުރިޓީ ހަލާކުކޮށް، އެ ގެކޮޅަށް ވަންނަން އުޅުނު މީހާގެ ބަންދަށް 7 ދުވަސް ޖަހައިފި އެވެ.

ފުލުހުން ބުނީ މި މައްސަލާގައި ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ ޢުމުރުން 45 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އަދި އޭނާ ބަންދުގައި ބަހައްޓައިގެން ތަހުގީގްކުރުމަށް ކޯޓުން 7 ދުވަސް ޖަހާފައިވާ ކަމަށެވެ.

ގެކޮޅަށް ވަގަށް ވަތް މައްސަލާގައި މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ.

އުއްތަމަ ފނަޑިޔާރު ދިރިއުޅުއްވާ ގެކޮޅުގެ ސީސީޓީވީ ކެމެރާ ހަލާކުކޮށްލައިގެން އެގެއަށް މީހަކު ވަންނަން މަސައްކަތްކޮށްފައިވަނީ މިދިޔަ ސެޕްޓެމްބަރ މަހުގެ 30 ވަނަ ދުވަހު އެވެ.

މި ހާދިސާއާ ގުޅިގެން ހޯމް މިނިސްޓަރ އިމްރާން ޢަބްދުﷲ، ރައްޔިތުންގެ މަޖިލީހުގައި މއިަދު ވިދާޅުވެފައިވަނީ އުއްތަމަ ފަނޑިޔާރުގެ ގެކޮޅަށް ވަންނަން މަސައްކަތްކުރީ މަސްތުގެ ހާލުގައި ހުރި މީހެއް ކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އުއްތަމަ ފަނޑިޔާރުގެ ގެކޮޅަށް މީހަކު ވަންނަން މަސައްކަތްކުރި ވަގުތު އެމަނިކުފާނު ގެކޮޅުގައި ނޫޅުއްވަ އެވެ. އަދި އުއްތަމަ ފަނޑިޔާރު ދިރިއުޅުއްވަނީ އެމަނިކުފާނުގެ އާއިލީ ގެކޮޅުގައި ކަމަށް ވެސް ވަނީ މައުލޫމާތު ލިބިފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް