ސާފް ޗެމްޕިއަންޝިޕް 2021: ޗެތްރީގެ ގޯލުން އިންޑިއާ މޮޅުވާން ދަނިކޮށް ބަންގްލަދޭޝް އިން ކެހިދީފި

މާލޭގައި މިހާރުކުރިއަށްދާ ސާފް ޗެމްޕިއަންޝިޕް 2021 ގައި މިއަދު ހަވީރު ކުޅުނު މެޗުގައި އިންޑިއާ އިން މުހިންމު މޮޅެއް ހޯދަން ދަނިކޮށް، ބަންގްލަދޭޝް އިން ކެހިދީ، އިންޑިއާ ރޮއްވާލައިފި އެވެ. ބަންގްލަދޭޝް ...

04 Oct 2021 | 12:56

މާލޭގައި މިހާރުކުރިއަށްދާ ސާފް ޗެމްޕިއަންޝިޕް 2021 ގައި މިއަދު ހަވީރު ކުޅުނު މެޗުގައި އިންޑިއާ އިން މުހިންމު މޮޅެއް ހޯދަން ދަނިކޮށް، ބަންގްލަދޭޝް އިން ކެހިދީ، އިންޑިއާ ރޮއްވާލައިފި އެވެ.

ބަންގްލަދޭޝް އާ ބައްދަލުކޮށް މި މެޗު އިންޑިއާ އިން ވަނީ ފުރަތަމަ ހާފުގެ 26 ވަނަ މިނެޓުގައި ލަނޑެއް ޖަހާ ލީޑު ނަގާފަ އެވެ. މި ލަނޑު އެޓީމަށް ޖަހައިދިނީ އިންޑިއާގެ ކެޕްޓަން ސުނިލް ޗެތްރީ އެވެ.

މި މޮޅާއެކު ފުރަތަމަ ހާފު ނިންމާ، ދެވަނަ ހާފުގެ ބޮޑުބައި ވެސް ނިމިފައިވަނިކޮށް ބަންގްލަދޭޝް އިން ނަތީޖާ އެއްވަރުކުރީ 76 ވަނަ މިނެޓުގައި ޔަސީން އަރަފާތު ޖަހައިދިން ގޯލުން ނެވެ. މިއީ ޔަސީން ގައުމީ ޓީމަށް ޖަހައިދިން ފުރަތަމަ ލަނޑެވެ.

އެއްކުޅުތެރިއަކު މަދުން ކުޅެމުންދިޔަ ބަންގްލަދޭޝް އިން މިއަދުގެ މެޗުގައި ވެސް ވަނީ މޮޅު ކުޅުމެއް ދައްކާފަ އެވެ. މި ނަތީޖާއާއެކު 4 ޕޮއިންޓާއެކު ތާވަލުގެ އެއްވަނަ ބަންގްލަދޭޝްއަށް ލިބުނީ އެވެ.

މި މުބާރާތުގައި މިރޭ 9 ޖަހާ އިރު ބައްދަލުކުރާނީ ސްރީލަންކާ އާއި ނޭޕާލް އެވެ. މި މެޗުން ނެޕާލް މޮޅުވެ، ނުވަތަ އެއްވަރު ވެއްޖެ ނަމަ އެޓީމަށް ވެސް ތާވަލުގެ އެއްވަނަ ލިބޭނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް