ތުޅާދޫ ފުޓްބޯޅަ ދަނޑުގެ ސަބްވޭސްހެދުމުގެ މަސައްކަތް ބާރު ސްޕީޑުގައި ކުރިއަށް

ބ. ތުޅާދޫ ފުޓްބޯޅަ ދަނޑުގެ ސަބްވޭސްހެދުމުގެ މަސައްކަތް ބާރު ސްޕީޑުގައި ކުރިއަށްދާ ކަމަށް އެ މަސައްކަތް ކުރާ ކުންފުނި ރޯޑް ޑިވެލެޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އިން ހާމަ ކޮށްފިއެވެ. އެކުންފުނިން ހާމަ ކ...

04 Oct 2021 | 11:45

ބ. ތުޅާދޫ ފުޓްބޯޅަ ދަނޑުގެ ސަބްވޭސްހެދުމުގެ މަސައްކަތް ބާރު ސްޕީޑުގައި ކުރިއަށްދާ ކަމަށް އެ މަސައްކަތް ކުރާ ކުންފުނި ރޯޑް ޑިވެލެޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އިން ހާމަ ކޮށްފިއެވެ.

އެކުންފުނިން ހާމަ ކުރިގޮތުގައި ފުޓްބޯޅަދަނޑުގެ ސަބްބޭސް ތައްޔާރުކުރުމުގެ މަސައްކަތުގެ ތެރެއިން ސައިޑްވޯކް ހެދުމުގެ %25 މަސައްކަތް މިހާރު ވަނީ ނިމިފައެވެ.

އިތުރަށް ހާމަ ކުރެއްވިގޮތުގައި ވަށާ ގަޓަރު ވަޅުލުމުގެ މަސައްކަތުގެ ވެސް %50 ވަނީ ނިމިފައެވެ.

އާރުޑީސީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއި ކުރެއްވީ، އެ ކޯޕަރޭޝަންގެ ޖެނެރަލް މެނޭޖަރ އަހުމަދު ޝުހާދެވެ.

އަދި ޔޫތު މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ، އެ މިނިސްޓްރިގެ ސްޓޭޓް މިނިސްޓަރު އަސްހަދު އަލީއެވެ. މިއީ 2.2 މިލިއަން ރުފިޔާގެ މަޝްރޫޢުއެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް