ޓީޗަރުންގެ ދުވަހާއި ގުޅުވައިގެން ހުޅުމާލެ ޕިއްޒާ ކިޗަން އިން ޓީޗަރުންނަށް ޚާއްސަ ޑިސްކައުންޓުތަކެއް ހަދައިފިއެވެ.
ޓީޗަރުންގެ ދުވަހުގެ ގޮތުގައި ފާހަގަ ކުރަނީ ކޮންމެ އަހަރެއްގެ އޮކްޓޯބަރު ފަސް ވަނަ ދުވަހެވެ.
ޕިއްޒާ ޗިކަންއިން ބުނީ މާދަމާ އެގޮތުން ޓީޗަރުންނަށް ކުރާ ކޮންމެ ޑެލިވަރީއަކުން ފަސް ޕަސެންޓު އަދި ކޮންމެ ޓޭކްއަވޭ އަކުން 10 ޕަސެންޓު ޑިސްކައުންޓު ދޭގޮތަށް ހަމަޖައްސާފަ ވާ ކަމަށެވެ.
ޓީޗަރުންގެ ދުވަހުގައި ޑިސްކައުންޓު ދިނުމަށް ނިންމީ ޓީޗަރުންގެ އަގު ވަޒަން ކުރުމުގެ ގޮތުން ކަމަށް އެތަނުން ބުނެ އެވެ. މިގޮތުން ހުޅުމާލޭގެ ހުރިހާ ސްކޫލަކަށްވެސް ޕިއްޒާ ވައުޗާތަކެއް ދޭނެއެވެ. އަދި މާލެ ސަރަހައްދުގެ އެންމެހާ ޓީޗަރުންނަށް ޑިސްކައުންޓް ދެވޭނެއެވެ.
މީގެ އިތުރުން މިވަގުތުން ފެށިގެން ވެސް ސުކޫލުތަކާއި، ޙަފްލާތަކަށް އެދުވަހުގެ މުނާސާބަތާއި ގުޅުވައިގެން ޕިއްޒާ ޕްރީ އޯޑަރުކުރެވޭނެއެވެ. އެގޮތުންް 7876565 އަށް ވައިބާ މެދުވެރިކޮށް އޯޑަރުކުރެއްވުމަށް ޕިއްޒާކިޗަން އިން އެދެވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް