ކަފާލާތުގެ ދަށުން ރައީސް ޔާމީން ދޫކޮށްލުމާއިމެދު ގޮތެއް ނިންމުން މާދަމާ

ކަފާލާތުގެ ދަށުން ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ދޫކޮށްލުމާއިމެދު ގޮތެއް ނިންމުން މާދަމާއަށް ފަސްކޮށްފި އެވެ. މަނީ ލޯންޑަރިންގެ ކުށް ސާބިތުވުމާއިގުޅިގެން ފަސް އަހަރުގެ ޖަލު ހުކުމެއް ކޮށް، ފަސް...

04 Oct 2021 | 10:12

ކަފާލާތުގެ ދަށުން ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ދޫކޮށްލުމާއިމެދު ގޮތެއް ނިންމުން މާދަމާއަށް ފަސްކޮށްފި އެވެ.

މަނީ ލޯންޑަރިންގެ ކުށް ސާބިތުވުމާއިގުޅިގެން ފަސް އަހަރުގެ ޖަލު ހުކުމެއް ކޮށް، ފަސް މިލިއަން ރުފިޔާ ދައުލަތަށް ދެއްކުމަށް ރައީސް ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ ނޮވެމްބަރު 29، 2019 ގަ އެވެ.

ހުކުމް ކޮށްފައެވެ. މި ހުކުމް ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމަށް ހުށަހެޅުމުން އެ ކޯތުން އެ މައްސަލަ ބަލައިގަތީ މިދިޔަ އޭޕްރިލް މަހުގެ 19 ގައެވެ.

މި މައްސަލަ އިސްތިއުނާފު ކުރުމަށް ފަހު، ރައީސް ޔާމީންގެ ދިފާއީ ވަކީލުން ވަނީ ޖަލު ހުކުމް ތަންފީޒު ކުރުން ފަސްކޮށް، ޔާމީން ދޫކޮށްލުމަށް ސުޕްރީމް ކޯޓަށް ހުށަހަޅާފަ އެވެ.

އެގޮތުން މިއަދު ބޭއްވި އަޑުއެހުމުގައި ޔާމީންގެ މައްސަލަ ބައްލަވާ ބެންޗުގެ ރިޔާސަތުގައި އިންނެވި ފަނޑިޔާރު މަހާޒް އަލީ ޒާހިރު ވިދާޅުވީ ޚުލާސާ ގޮތެއްްގައި ވާހަކަ ދެއްކުމަށް ދައުލަތާއި ރައީސް ޔާމީނަށް ގިނަ ވަގުތު ބޭނުންވާތީ އެކަމަށް އިތުރު އަޑުއެހުމެއް ބާއްވާނެ ކަމަށެވެ.

އެހެންކަމުން މާދަމާގެ ވަގުތަކަށް އެ އަޑުއެހުން ތާވަލު ކުރަން ނިންމާފައިވާ ކަމަށް ފަނޑިޔާރު ވިދާޅުވި އެވެ.

ކުރިން ނިންމާފައި އޮތީ ރައީސް ޔާމީން ކަފާލާތުގެ ދަށުން ދޫކޮށްލުމަށް މިއަދުގެ ޝަރީއަތުގައި ގޮތެއް ނިންމުމަށެވެ.

ޔާމީންގެ މައްސަލަ ސުޕްރީމް ކޯޓުގައި ބައްލަވަމުން ގެންދަވަނީ ޑރ. އަޒްމިރާލްދާ ޒާހިރާއި، ޑރ. މުހައްމަދު އިބްރާހީމްގެ އިތުރުން، މަހާޒް އަލީ ޒާހިރު ހިމެނިވަޑައިގަންނަވާ ތިން ފަނޑިޔާރުންގެ ބެންޗުން ނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް